ކުރަން މަސައްކަތްކުރާ ކަމެއް ކާމިޔާބުނުކުރެވުމުން ނުވަތަ ހިތް ނުއެދޭ ގޮތަށް ކަމެއް ކުރިމަތިވުމުން އެއީ ލިބުނު ދެރައެއް ކަމަށް އަހުރެމެންނަށް ޤަބޫލުކުރެވުނަސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަން ތަފާތެވެ. އެއީ ލިބުނު ދެރައަކަސް ނުވާނެއެވެ. އެހެނީ އެއީ އެކަން ﷲ ތަޢާލާ ނިންމަވާފައިވާ ގޮތެވެ.
އެއްވެސް މީހަކަސް ދެރައެއް ލިބޭނެ އެއްވެސް ކަމެއް ﷲ ތަޢާލާ ކުރިމަތިނުކުރައްވަވާނެތެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިމަތިކުރިމަތި ކުރެއްވެވިޔަސް އެކަންވާނީ އެމީހަކަށް ލެއްވެވި ރަޙްމަތަކަށެވެ. އެހެނީ ﷲ ތަޢާލާއީ ރަޙްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. އަދި އެއްވެސް މީހަކަށް އަނިޔާޗެރިވެވޮޑިގަތުން ﷲ ތަޢާލާ ވަނީ އެކަލާނގެ ޒާތުފުޅަށް ޙަރާމް ކުރައްވަވައިފައެވެ.
ހުރިހާވެސް މައްސަލައަކީ އަހުރެމެންނަށް ލިބިފައިވާ ޢިލްމުގެ ކުޑަކަމެވެ. ޣައިބް އެއްވެސް ވަރަކަށް ނުއެނގޭ އަދި ނުވެސް އެނގޭނެ ކަމެވެ. އެހެނަސް ހުރިހާ ކަމެއް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ކރިން ވީގޮތާއި މާދަމާ ވާނެގޮތްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ.
އަހުރެމެން ކުރަން އޮތް ފުރަތަމަ ކަމަކީ ބަރާބަރަށް ނަމާދުކުރުމެވެ. ﷲ ތަޢާލާގެ މަގުގައި ފިސާރި ވަރުގަދައަށް ޘާބިތުވުމެވެ. އެއިރުން އެމީހެއްގެ ހުރިހާ ބޭނުންތަކެއް އެމީހަކަށް އެންމެ ފައިދާ ބޮޑުވާނެގޮތަށް ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން