ސޮވެރިން ފަންޑު ރައްކާތެރި ކުރަން ގާނޫނެއް ބޭނުންވޭ- ގަވަރުނަރު

ކިޔުމަށް ހޭދަވާނީ 1މ 3ސ
ސޮވެރިން ފަންޑު ރައްކާތެރި ކުރަން ގާނޫނެއް ބޭނުންވޭ- ގަވަރުނަރު

ރާއްޖޭގެ ސޮވެރިން ޑިޕާޓްމެންޓް ފަންޑު ރައްކާތެރު ކުރަން ގާނޫނެއް ވަރަށް މުހިންމު ކަމަށް ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގެ ބައެއް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަސީރު ވިދާޅުވީ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގައި 100 މިލިއަން ޑޮލަރު ހުރިއިރު، އެފައިސާ ބޭނުން ކުރުމާއި ރައްކާތެރި ކުރުމާބެހޭ ގޮތުން ގާނޫނެއް ހަދަން ޖެހޭ ކަމަށެވެ.

"މިހާރު އެމްއެމްއޭ ގައި ކަސްޓޯޑިއަން އެކައުންޓަކަށް މިފައިސާ ޖަމާ ކުރަނީ. ގާނޫނެއް ނެތުމާއެކު އެމްއެމްއޭ އާއި ފިނޭންސް ގުޅިގެން ގަވަނިން ކައުންސިލުެއް ހަދާފައި މިވަނީ. މިކައުމްސިލްގައި ކުރާ މަޝްވަރާއަކީ މިފަންޑުގައި ހުރި ފައިސާ އިންވެސްޓް ކުރާނެ ގޮތް" ނަސީރު ވިދާޅުވިއެވެ.

މީގެއިތުރުން ގަވަރުނަރު ވިދާޅުވީ ސަރުކާރު ކުންފުނިތައް ހިންގުމަށް ފަންނީ ބޭފުޅުން ލާން ޖެހޭ ކަމަށާއި ސަރުކާރުގެ ހިއްސާ ކުންފުނިތައް ބަޖެޓަށް ބަރޯސާވުން ކުޑަކޮށް، ވިޔަފާރީގެ މޮޑެލްއެއްގެ ދަށުން ހިންގަން ޖެހޭ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް ލަފާ ދެއްވަމުން މަރުކަޒީ ބޭންކުގެ ގަވަރުނަރު ނަސީރު ވިދާޅުވީ ސަރުކާރު ކުންފުނިތައް ކޯޕަރޭޓް ސްޓްރަކްޗާއެއްގެ ދަށުން ހިންގަން ޖެހޭ ކަމަށެވެ.

މިއަދު އޮންލައިން