ތިމާއަކީ އަގެއް ހުރި މީހަކުކަމަށް ޤަބޫލުކުރެވޭނަމަ ބައިވެރިއަކު ހޯދަން ކޮފީތަކަކަށް ނުދާނެ! ޢަބުރުވެރިކަމާއެކު އުޅުނަސް ރަނގަޅު މީހުން ފަހަތުން އަންނާނެކަން ޔަޤީންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ތިމާއަކީ އަގެއް ހުރި މީހަކުކަމަށް ޤަބޫލުކުރެވޭނަމަ ބައިވެރިއަކު ހޯދަން ކޮފީތަކަކަށް ނުދާނެ! ޢަބުރުވެރިކަމާއެކު އުޅުނަސް ރަނގަޅު މީހުން ފަހަތުން އަންނާނެކަން ޔަޤީންވާނެ!

މިޒަމާނުގައި އެންމެ ބާރަށް ހިނގާ އެޕްތަކުގެ ތެރެއިންވެސް އެންމެ ކުރީގައި އޮތް އެއްއެޕަކީ އަންހެނުންނާއި ފިރިހެނުން ގުޅުވައިދޭ އެޕަތަކެވެ. މިފަދަ އެޕްތައް ބަލާ ގިނަމީހުން ބުނާ އެއްވާހަކައަކީ ތިމަންނާއަށް ކަމުދާ މީހަކު ނުފެނުކަމަށެވެ. އަނެއް ބައަކު ބުނަނީ އެޕުން ހޯދި ބައިވެރިޔާއަކީ އުންމީދުކުރި ފަދަ މީހަކަށް ނުވިކަމަށެވެ.  

މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ ތިމާއަކީ އަގެއް ހުރި މީހަކު ކަމަށް ޤަބޫލުކުރާ މީހަކު އެއިން އެޕެއްގައި އިޝްތިހާރެއް ނުކުރާނެއެވެ. އިޝްތިހާރު ނުކުރިޔަސް ރަނގަޅު ބައިވެރިއަކު ލިބޭނެކަމުގެ ޔަޤީންކަން އެމީހަކަށް އޮންނާތީއެވެ.  

ދެން އަންހެނުންނަށް އެނބުރިލާނަމެވެ. ބައިވެރިއަކު ހޯދަން ކޮފީތަކަށްގޮސް ފިރިހެނުންނާއި މަސްހުނިވާނަމަ އޭނާ އެޤަބޫލުކުރަނީ އޭނާއަކީ އަގެއް ނެތް އަންހެނަކު ކަމަށެވެ. އަގެއް ހުރިކަމަށް ޤަބޫލުކުރާނަމަ ކަންކަން ކުރާނީ ތިމާގެ އަގު ނުވެއްޓޭނެ ގޮތަށެވެ. އަގު ހިފަހައްޓައިގެންނެވެ.  

އަހުރެން ވަރަށް ޔަޤީންކަމާއިއެކު ބުނަމެވެ. ދެމީހުންނަށް ވަރަށް ރަނގަޅަށް ޙަޤީޤަތް ނުއެނގޭ އެހެން ބައަކު ބައިވެރިވާ ކޮފީއަކަށް ދިއުމަށް ފިރިހެނަކު ދަޢުވަތުދީފިނަމަ އެއިގެ މާނައަކީ ލޯބިނުވަނީއެވެ. ލޯބިވާނަމަ ލޯބިވެރިޔާއަށް އެންމެންގެ ކަޅި އަމާޒުވާނެ ކަންކަމެއް ނުކުރާނެއެވެ. މަސައްކަތް ކުރާނީ އެއްވެސް މީހެއްގެ ކަޅިއެޅުމުން ލޯބިވެރިޔާ ސަލާމަތްކުރުމަށެވެ.  

އަހުރެން މިހެން ބުނުމުން މިވާހަކައަކީ ޒަމާނަށް ނުފެތޭ ވާހަކައެއް ކަމަށް ބުނެފާނެއެވެ. އަހުރެންގެ ޖަވާބަކީ މިވާހަކަތައް ވަރަށް ރަނގަޅަށް ޒަމާނަށް ފެތެއެވެ. މީސްތަކުންގެ އަޚްލާޤް މިހައި ދަސްވެފައިވާ އިރެއްގައި މިބުނި ކަންކަމަށް ދޭންޖެހޭ ސަމާލުކަން ޖެހޭނީ އިތުރުކުރާށެވެ! ޒަމާނަށް ފެތުމަކީ އެޒަމާނެއްގައި އުޅެންޖެހޭ ގޮތަށް އުޅުމެވެ. ރައްކައުތެރިޥާންޖެހޭ ކަންކަމަށް ރައްކައުތެރިވެގެން އުޅުމެވެ.

 

- ތަޖުރިބާކާރު ޢިލްމުވެރިއެއްގެ ވާހަކަފުޅުން

މިއަދު އޮންލައިން