ޙައްޖުގަ ޢަމަލުކުރާ ގޮތަށް ޢާންމު ދިރިއުޅުމުގަ ޢަމަލުކުރާނަމަ ﷲ ގެ ރަޙްމަތް އަބަދުވެސް ދާނީ އޮހެމުން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޙައްޖުގަ ޢަމަލުކުރާ ގޮތަށް ޢާންމު ދިރިއުޅުމުގަ ޢަމަލުކުރާނަމަ ﷲ ގެ ރަޙްމަތް އަބަދުވެސް ދާނީ އޮހެމުން!: މުފްތީ މެންކް

އަހުރެމެން ޙައްޖަށްގޮސްއުޅޭއިރު ފެންނާނެ މަންޒަރަކީ މީހަކަށް ކިރިޔާ ކަމެއް ކުރިމަތިވިނަމަވެސް އެހީތެރިވަމުން ގެންދާތަނެވެ. ޢމުރުން ދުވަސްވީ މީހަކަށް، ޚާއްޞަ އެހީއަށް ބޭނުންވާ މީހަކަށް އަދި ޚާއްޞަކޮށް އަންހެނަކަށް އެހީތެރިކަމަކަށް ބޭނުންވެއްޖެނަމަ އެންމެންވެސް ތިބެނީ އެމީހަކަށް އެހީތެރިވުމަށް ތައްޔާރަށެވެ. އެހީތެރިވެދޭނެ ފުރުޞަތަކަށް ބަލަބަލައިވެސްމެއެވެ.  

މީގެ އިތުރުން މީހަކަށް ފައިށާގެ ދަތިކަމެއް ކުރިމަތިވިޔަސް އެމީހެއްގެ އަތުގައި އޮތް މިންވަރަކުން އެހީތެރިވެދީ އެމީހަކަށް އެހީތެރިވެދެމުއެވެ.  

އެއީ ކީއްވެގެން ހެއްޔެވެ؟ އަހުރެމެންގެ ޙައްޖު ޤަބޫލުފުޅުކުރެއްވެވުން އެދިގެންނެވެ. ވީހާ ގިނަ ޘަވާބާއި ދަރުމައަށް އެދިގެންނެވެ. ފާފަތައް ފުއްސަވައި ހެޔޮރަޙްމަތް ލެއްވެވުން އެދިގެންނެވެ.  

ޙައްޖުގައި ވީހާ ހެޔޮލަފާ، ރަނގަޅު މީހަކަށްވުމަށް ސަމާލުކަންދީ މިބުނި ކަންކަން ކުރާ ފަދައިން  އަހުރެމެން މިކަންކަމަށް ސަމާލުކަންދޭންވީ ހަމައެކަނި ޙައްޖަށް ދެވުމަކުން ނޫނެވެ. ކޮންމެ ދުވަހަކުއެވެ. ކޮންމެ ތަނެއްގައި ހުރިނަމަވެސްމެއެވެ. އެގޮތަށް ކަންކަން ކުރެވޭނަމަ ދަތިޙާލުގައި ނިކަމެތިވެފައި ހުންނަންޖެހޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ.  

މީސްތަކުންނޭވެ! ދަތިޙާލުގައިވާ މީހުންގެ ބޭނުންތައް ފުއްދައިދޭން މަސައްކަތްކުރާށެވެ! ހިތްދަތިކަމުގައި އުލެންޖެހިފައިވާ މީހުންނަށް އަޅާލައި އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް އަބަދުވެސް ދާނީ އޮހެމުންނެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން