އަޅުކަންކުރިޔަސް ﷲ ތަޢާލާ އާ ދުރަށްދެވޭ މީހަކަށްވެގެން ލިބޭނެ ކުރިއެރުމެއް ނެތް! އަވަހަށް އިޞްލާޙްކޮށްލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އަޅުކަންކުރިޔަސް ﷲ ތަޢާލާ އާ ދުރަށްދެވޭ މީހަކަށްވެގެން ލިބޭނެ ކުރިއެރުމެއް ނެތް! އަވަހަށް އިޞްލާޙްކޮށްލާ!

ތިބާކުރާ ޢަމަލުތަކަކީ އެކަންކަން ކުރުމަށް ﷲ ތައާލާ އަންގަވާފައިވާ ހެޔޮ ޢަމަލުތައްކަމުގައި ވަނީ ނަމަ ތިބާއަށް އެދެވެނީ ﷲ ތަޢާލާ އާއި ކުއްތަންވެވެމުންނެވެ. ހިތާމައަކީ ހެޔޮ ޢަމަލުތައް ކުރަމުންވެސް ނަހީކުރެއްވެވި ކަންކަން ކުރެވޭކަމެވެ. އެއިރުން މިވާގޮތަކީ ކުއްތަންވެވުނު ތަންކޮޅަށްވުރެ ނުވަތަ އެއަށްވުރެ ބޮޑަށް ﷲ ތަޢާލާ އާއި ދުރުހެލިވެވެނީއެވެ.  

ވީމާ ކޮންމެ ކަމެއް ކުރުމުގެކުރިންވެސް ދެކޮޅުބަލައި ވިސްނާށެވެ! ތިމާއަށް މިކުރެވޭ ޢަމަލަކީ ﷲ ތަޢާލާގެ ރުހިވޮޑިތުން ނުލިބިދާނެ ކަމެއް ކަމަށް ޝައްކުވާ ޢަމަލެއް ނަމަވެސް އެކަން ނުކޮށް ދޫކޮށްލާށެވެ! އެހެނީ ޝައްކުވާ ކަންކަން ކުރުމަކީ ފާފަކުރުމެވެ.  

އެކުވެރިންގެ ތެރޭގައިވެސް ހުރިހާ ބާވަތެއްގެ މީހުން ތިބޭނެއެވެ. އަދި އެންމެންނަކީ ހުރިހާ ކަންކަން އެންމެ މޮޅަށް އެނގޭނެ ބައެއްވެސް ނޫނެވެ. ވީމާ ކިތަންމެ ގާތް މީހަކުނަމަވެސް ބުނާ ހުރިހާ ވާހަކަތަކެއް ޤަބޫލުކޮށްގެން ނުވާނެއެވެ.  

ކަންކަން ކުރުމުގައި ބަލަްނޖެހޭނީ އެކުވެރިޔާއަށް ނުވަތަ ބަސްބުނި މީހާއަކަށް ނޫނެވެ. އެވާހަކަ ބުނި މީހާގެ ކިބައިގައި އެކަމުގެ ޢިލްމު ހުރި މިންވަރަކަށެވެ. އަދި އޭނާގެ ތެދުވެރިކަމަށެވެ. އެކަންކަމަށް ނުބަލައިފިނަމަ ފަށަމުން ބުނި ފަދައިން ގާތީ އިތުރަށް ފަހަތަށް ދެވުމާއިއެވެ. އެއީ އެންމެ ހިތާމަހުރި ގޮތެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން