ހަނދުމަކޮށްދިނުމެއް!: ކުރާ އެއްވެސް އަޅުކަމެއް ޤިޔާމަތް ދުވަހު ﷲ ޤަބޫލުފުޅު ނުކުރައްވަވާނެ 3 މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ހަނދުމަކޮށްދިނުމެއް!: ކުރާ އެއްވެސް އަޅުކަމެއް ޤިޔާމަތް ދުވަހު ﷲ ޤަބޫލުފުޅު ނުކުރައްވަވާނެ 3 މީހުން-

އެމީހަކު ކުރާ އަޅުކަން ކިތަންމެ ގިނަވިނަމަވެސް އެކަން ﷲ ތަޢާލާ ޤަބޫލުފުޅުކުރެއްވެވުން އޮތީ ޝަރުޠުތަކަކާއިއެކުގައި އަޅުކަންކުރުމެވެ. އެއިގެ ތެރޭގައި ތިމާގެ ޢަމަލުތައް ބަހައްޓަންޖެހޭ ގޮތްވެސް ހިމެނެއެވެ.  

ކިތަންމެ ގިނައިން ހެޔޮ ޢަމަލުކުރިނަމަވެސް އެއްވެސް ޢަމަލެއް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ 3 މީހަކުވެއެވެ. 

އެއިގެ ތެރެއިން ފުރަތަމަ މީހާއަކީ: އޭނާގެ މަންމައަށް ނުވަތަ މައިންބަފައިންނަށް ހަރުކަށިވެ ނުބައިކޮށް ކަންކަން ކުރާމީހާއެވެ.  

ދެވަނަ މީހާއަކީ: މީހަކަށް އެއްޗެއް ދިނުމަށްފަހު އެކަމަށްޓަކައި އެމީހަކަށް ޝުކުރުވެރިވާން ބުނާ މީހާއެވެ. 

ތިންވަނަ މީހާއަކީ: ތަކެތި ވިއްކާއިރު އެއްޗެއް އެމީހާ ގަތް އަގަށްވުރެ ބޮޑު އަގެއްގައި ގަނެފައިވާކަމަށް ﷲ ތަޢާލާ ގަންދީ ހުވާކޮށް ތަކެތި ވިއްކާމީހާއެވެ.  

މި 3 ބާވަތުންކުރެ އެއްވެސް މީހަކު ކުރާ ނަމާދުވެސް ދޭ ޞަދަޤާތްވެސް އަދި ކުރާ އެހެން  އަޅުކަމެއްވެސް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން