ނަމާދުކުރާއިރު އަންހެނުން ލާން އޮތީ ވަރަށް ފަސޭހަ ހެދުމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ނަމާދުކުރާއިރު އަންހެނުން ލާން އޮތީ ވަރަށް ފަސޭހަ ހެދުމެއް!

ނަމާދުކުރަން އަންހެނުން ލާން އެންމެ ރަނގަޅު ހެދުމަކާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ. އެހެންވެ މިގެނެސްދެނީ ޖަވާބު ލިބިލައްވާނެ ޖަވާބެކެވެ. އިން ޝާ ﷲ  

އިތުރަށް ދަންނަވާލަން ބޭނުންވަނީ ރޭގަނޑު ރޭއަޅުކަންކުރާއިރުގައި ނިދާ ހެދުމުގައި ނަމާދުނުކުރާށެވެ! ހެދުން ބަދަލުކުރަން އުނދަގޫނަމަ ހެދުންމަތިން ގައުނެއް ނަމަވެސް ލައި ޒީނަތްތެރިވާށެވެ! ނަމާދުކުރަން އޮތީ ޒީނަތްތެރިވެ ހުރެގެންނެވެ.   

އަންހެނުން ނަމާދުކުރަން ކަކުލާ ހަމައަށްއަރާ ދޫހެދުމެއްލާފައި ޖިންސް ނުވަތަ ހަރުވާޅެއް ލައިގެން ދޮޅި އިސްޓާކީނުލައިގެން ނަމާދު ސައްޙަވާނެތޯ؟ ނުވަތަ ފައިތިލައާ ހަމައަށްދާ ދިގު ދޫހެދުމަކާއި ދޮޅި އިސްޓާކީނުތޯ ކަމުދާނީ؟ 

(ނިވާކުރަންޖެހޭ ހިސާބު ނިވާކުރުމަށްފަހު) ޝަރްޠަކީ އެއްވެސް ގުނަވަނެއްގެ ވަނާތައް އެނގެން ނެތުމެވެ. والله أعلم. 

އިތުރު ސުވާލާ ޖަވާބު: 

ނިޔަފަތިކަނޑާއިރު ކައިރީގައި ހުންނަ ހަންކެނޑުމަކީ ކޮންކަހަލަކަމެއް؟ 

ނިޔަފަތި ކަނޑާއިރު ކައިރީގައި ހުންނަ ހަން ކެނޑުމަކީ ހުއްދަ ކަމެކެވެ. والله أعلم. 

އަޅުގަނޑު ބައްޕަގެ ފިހާރާގައި އިންނާށޭ ބުނުމުން އެކަމާ ދެކޮޅުހަދައިފީމެވެ. އެއީ ބައްޕަ ފިހާރާގައި ސިގިރެޓްވިއްކާތީއެވެ. މިކަމާ އަޅުގަނޑުފާފަވެރިވާނެތޯ؟ 

ފުރަތަމަކަމަކަށް ރީތި ގޮތުގައި ބައްޕަ އާއި ވާހަކަ ދައްކާ ވިސްނައިދެވޭތޯ މަސައްކަތް ކުރާށެވެ. އެއަށް ފަހުގައި ބައްޕަ ގަބޫލު ނުކުރައްވައިފިނަމަ އަދަބުވެރި ކަމާއި އެކު ބައްޕަ ގާތުގައި ބުނާށެވެ. ސިނގިރޭޓް ވިއްކާތީވެ ފިހާރައިގައި ހުރުމަށް ޢުޛުރުވެރި ވަމެވެ. والله أعلم. 

އިޝްޤީލޯބިވުމަކީ ހަރާމްކަމެއްތޯ؟ އަދި ރައްޓެހިވެގެންއުޅޭ ކުއްޖާދެކެ ﷲ އަށްޓަކައި އިޝްޤީލޯބިވެވިދާނެތޯ؟ 

ޢިޝްގުގެ މާނައަކީ ލޯބިވުމެވެ. ލޯބިވާން ޖެހޭނީވެސް އަދި ރުޅިވާން ޖެހޭނީވެސް ﷲ އަށް ޓަކައެވެ.والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން