ޢާއިޝަތު ރަފާޙް ޢަލީ
ކީރިތި ގުރްއާނުގެ މާތްކަން:
ﷲ ތަޢާލާ އަޅުގަނޑުމެން އިންސާނުންނަށް ނަފްސު މަތިވެރިކުރާ ޢަމަލުތަކުންނާއި، މަތިވެރި އަޚްލާޤު އަށަގެންނެވުމަށް އަމުރުކުރެއްވިއެވެ. އަދި ﷲ ތަޢާލާ ޙަރާމް ކުރެއްވި ކަންކަމުންނާއި ނުބައި ޢަމަލުތަކުން ރައްކާތެރިވެ ދުރުހެލިވުމަށް އަމުރުކުރެއްވިއެވެ. ﷲ ތަޢަލާ ކީރިތި ގުރްއާނުގެ ސާދު ސޫރަތުގެ 29 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ ﴿٢٩﴾
މާނައީ: "(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި بركات ތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ آية ތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ أهل ވެރިން (އެއިން) نصيحة ލިބިގަތުމަށެވެ. (29)"
ފަތްޙް ސޫރަތުގެ ތަޢުރީފް:
ފަތްހު ސޫރަތަކީ މަދަނީ ސޫރަތެކެވެ. މި ސޫރަތުގެ އާންމު މައުޟޫޢަކީ ހިޖުރަކުރައިން ހަވަނަ އަހަރު، ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އާއި މައްކާގެ މުޝްރިކުންނާ ދެމެދު ހިނގި ޙުދައިބިއްޔާ ސުލްޙައިގެ މުޢާހަދާއެވެ. މި ސޫރަތް ބާވައިލެއްވުނީ މައްކާ އާއި މަދީނާ އާއި ދެމެދަށެވެ.
ފަތްހު ސޫރަތުގެ މާތްކަން":
· އެއީ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އެންމެ ލޯބިފުޅުވާ ސޫރަތެއް ކަމުން އެ ސޫރަތް އެކަލޭގެފާނަށް ބާވައިލެއްވިއިރު އެކަލޭގެފާނު، އެކަލޭގެފާނުގެ އަޞްޙާބީންނާއެކު ހުދައިބިއްޔާގެ މުޢާހަދާއިން އެނބުރި ވަޑައިގަންނަވަނީއެވެ.
ﷲ ތަޢާލާ ފަތްހު ސޫރަތުގެ ފުރަތަމަ 2 އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. إِنَّا فَتَحْنَا لَكَ فَتْحًا مُّبِينًا ﴿١﴾ لِّيَغْفِرَ لَكَ اللَّهُ مَا تَقَدَّمَ مِن ذَنبِكَ وَمَا تَأَخَّرَ وَيُتِمَّ نِعْمَتَهُ عَلَيْكَ وَيَهْدِيَكَ صِرَاطًا مُّسْتَقِيمًا ﴿٢﴾
މާނައީ: ފާޅުވެ بيان ވެގެންވާ فتح އަކުން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނަށް فتح ދެއްވީމެވެ. (1) އެއީ ކަލޭގެފާނުންގެ ކުށްފާފައިގެ ތެރެއިން އިސްވެދިޔަކަންތަކާއި، ފަސްވެދިޔަ ކަންތަކުގެފާފަ، ކަލޭގެފާނަށް اللَّه ފުއްސަވައިދެއްވުމަށްޓަކައެވެ. އަދި އެކަލާނގެ نعمة ކަލޭގެފާނުގެ މައްޗަށް ފުރިހަމަކޮށްދެއްވުމަށްޓަކައެވެ. އަދި ސީދާވެގެންވާ ތެދުމަގަށް ކަލޭގެފާނަށް މަގުދެއްކެވުމަށްޓަކައެވެ. (2)
ދެން ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
لقد نزَلت علَيَّ آيةٌ هي أحَبُّ إليَّ مِن الدُّنيا جميعًا
މާނައީ: "ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ މައްޗަށް ދެއާޔަތް ބާވައިލެއްވިއްޖެއެވެ. އެދެއާޔަތަކީ ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކަށްވުރެ ތިމަންކަލޭގެފާނަށް ލޮބުވެތިކަން ބޮޑު ދެއާޔަތެވެ."
· ފަތްހު ސޫރަތް ބާވައިލެއްވުމަކީ އެންމެ ބޮޑު ފަތަޙަގެ ފެށުން ކަމުގައިވާ މައްކާ ފަތަޙައިގެ ފެށުމެވެ. ގިނަ ބަޔަކު އިސްލާމްވެ، މުސްލިމުންގެ ޢަދަދު އިތުރުވިއެވެ. މުޝްރިކުން މުސްލިމުންނާ ގުޅިގެން އެމީހުންގެ ބަސްތައް އަޑުއެހުމުގެ ސަބަބުން އެމީހުންގެ ހިތުގައި އިސްލާމްދީން ވަރުގަދަވެ އިސްލާމްދީން ގަބޫލުކުރަން ފެށިއެވެ. އަދި މުސްލިމުންގެ އަދަދު ދިހަހާހަށް އެރިއެވެ.
ފަތްހު ސޫރަތުގެ މަޤްސަދުތައް:
· ފަތްހު ސޫރަތަކީ މަދަނީ ސޫރަތަކުގެ ތެރެއިން އެއް ސޫރަތެވެ. އިސްލާމްދީނުގެ ޝަރީޢަތުގެ ބައެއް މުޢާމަލާތްތަކާއި، އަޅުކަމާއި، އަޚްލާޤާއި، އިރުޝާދުތައް ހިމެނިފައިވެއެވެ.
· ޙަޤީޤީ މުއުމިނުން ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަށް ބަޢިއަތުއް ރިޟްވާން މަރުވާންދެން މާތް ﷲ ގެ މަގުގައި ޖިހާދުކުރި ވާހަކަ އާއި މާތްالله އަޞްހާބުންނަށް ބަރަކާތް ލައްވައި، އެބޭކަލުންގެ މައްޗަށް ރުހިވޮޑިގަންނެވިއެވެ.
· ﷲ ތަޢާލާ ފަތްހު ސޫރަތުގެ 18 އަދި 19 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.
لَّقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأَنزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا ﴿١٨﴾ وَمَغَانِمَ كَثِيرَةً يَأْخُذُونَهَا ۗ وَكَانَ اللَّهُ عَزِيزًا حَكِيمًا ﴿١٩﴾
މާނައީ: "ހަމަކަށަވަރުން، ގަސްދޮށުގައި އެއުރެން ކަލޭގެފާނަށް بيعة ހިފާހިނދު، އެ مؤمن ތަކުންނާމެދު اللَّه ރުހިވޮޑިގެންފިއެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެކަލާނގެ އެއުރެންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައި އަދި ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ فتح އެއް އެއުރެންނަށް ދެއްވިއެވެ. (18) އަދި އެއުރެންނަށް ލިބޭނެ ގިނަ غنيمة މުދާތައްވެސްމެއެވެ. عزيز ވަންތަ، حكيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ. (19)"
· މި ސޫރަތް ނިިންމަވާލައްވާފައިވަނީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އާއި އަޞްހާބުބޭކަލުންނަށް މަދަހަ ކުރައްވާ ޘަނާ ކިޔުއްވަމުންނެނެވެ. ﷲ ތައާލާ ފަތްހު ސޫރަތުގެ 29 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.
مُّحَمَّدٌ رَّسُولُ اللَّهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ۚ
މާނައީ: "محمد ގެފާނީ، اللَّه ގެ رسول އާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، كافر ންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި رحمة ތެރިބަޔެކެވެ. اللَّه ގެ حضرة ން فضل ވަންތަވެރިކަމާއި، ރުއްސެވުން އެދޭ حال، ركوع ކޮށް سجدة ކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. سجدة ގެ أثر ން، އެއުރެންގެ علامة އެއުރެންގެ މޫނުތަކުގައިވެއެވެ."