އަރާމު ނިންޖަކުން ނިދާލަން ބޭނުންވާނަމަ އެކަމަށް މަގުފަހިވާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
އަރާމު ނިންޖަކުން ނިދާލަން ބޭނުންވާނަމަ އެކަމަށް މަގުފަހިވާނެ ބައެއް ކަންކަން-

ފަހުގެ ހޯދުންތަކުން އެނގޭގޮތުގައި އަރާމުގައި ނިދައިލެވޭ ސަބަބުތަކުގެ ތެރޭގައި މީހާއަށް ހިތްހަމަޖެހުން ލިބުން ހިމެނެއެވެ. ސިކުނޑިއަށް ލުއިކަން ލިބުން ހިމެނެއެވެ. އެކަންކަން ހޯދަންވީ ހެޔޮ ގޮތުގައެވެ. އަހުރެމެންނަކީ މުސްލިމުންނަށްވީތީ ކުރަންވާނީ ދީނުގައި ހުއްދަ ކުރައްވަވާފައިވާ ކަންކަމެވެ.  

ގިނަ ބައަކަށް މިއުޅެނީ ތަފާތު ސަބަބުތައް ދިމާވެ އެކަންކަމުގެ ސަބަބުން ރޭގަނޑުގެ ނިދި ނުލިބިގެންނެވެ. އެހެންވެ މިބުނެދެނީ އަރާމުގައި ނިދާލަން ބޭނުންވާމީހާ ނިދުމުގެކުރިން ސަމާލުކަންދީގެން ކޮންމެރެއަކުވެސް ކޮށްލަންވީ ކުޑަކުޑަ 4 ކަމެކެވެ.  

ފުރަތަމަ ކަމަކަށް އެރޭ ކެއި ތަކެތި ޙަޖަމްކުރާނެ ވަގުތު ހަށިގަނދަށްދޭށެވެ. ދެވަނަ ކަމަކަށް ނިދުމުގެ ކުރިން އެކަށީގެންވާވަރުގެ ކުޑަ ފެންފޮދެއް ބޮއިލާށެވެ! 

ސައިބޯނިލައި މާވަރުގަދައަކަށް ނޫނެވެ. އެކަމަކު ރީތިކޮށް ހަށިގަނޑު ދޮވެލެވޭވަރަށް ފެންވަރައިލާށެވެ! ލިބެންހުރިނަމަ ރަނގަޅީ މަޑުމަޑު ހޫނުކަމެއް ހުންނަ ފެނަކުން ފެންވަރައިލުމެވެ.  

ބައެއް މީހުން ފެންވަރަން ޖެހިލުންވަނީ ނުނިދިދާނެތީއެވެ. ނިދުން ލަސްވެދާނެތީއެވެ. އެކަމަށް ކަންބޮޑުނުވާށެވެ! ފެންވެރުމުން ނިދިއައުން ކުޑައިރުކޮޅަކަށް ލަސްވެދާނެއެވެ. ނަމަވެސް ޔަޤީންކުރާށެވެ! ލިބޭ ނިދި މާބޮޑަށްވެސް އަރާމުވާނެއެވެ.  

ހަތަރުވަނަ ކަމަކަށް ނިދާތަނުގައި މީރުވަންދުއްވާށެވެ! އަހުރެން ހުށަހަޅާނީ މީރުވަސްދުވާ ޤުދްރަތީ އެއްޗެއްގެ ކުޑަކުޑަ ތެޔޮފޮދަކުން ތަނުގައި ވަސްހިފާވަރަށް ދުންއަރުވައިލުމަށެވެ.  

(މިއީ ނިދުމުގެ ކުރިން ކުރަން ދީނުގައި އަންގަވާފައިވާ ކަންކަމާއި ގުޅުންހުރި ކަންކަމެއް ނޫނެވެ. ދީނުގައި އަންގަވާފައިވާ ކަންކަން އަންގަވާފައިވާ ގޮތަށް ކުރަންވާނެއެވެ. ކޮންމެ ކަމެއްވެސް ކާމިޔާބުވުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ.)  

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން