ހައިޟުވެރިވެފައިވާ އަންހެނުން ޤުރުއާން ކިޔެވުމާއި ތިލާވަތި ސަޖިދަކުރުމާއި ބެހޭގޮތުން އެނގުން މުހިންމު ބައެއް ކަންކަން: ޝެއިޚް އާސިމް އަލް ޙަކީމް

ކިޔުމަށް ހޭދަވާނީ 1މ 39ސ
ހައިޟުވެރިވެފައިވާ އަންހެނުން ޤުރުއާން ކިޔެވުމާއި ތިލާވަތި ސަޖިދަކުރުމާއި ބެހޭގޮތުން އެނގުން މުހިންމު ބައެއް ކަންކަން: ޝެއިޚް އާސިމް އަލް ޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

ހައިޟުވެރިކަމުގައި ހުންނަ އަންހެނަކަށް ޤުރުއާން ކިޔެވިދާނެތޯ ނުވަތަ ނޫންތޯއަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. ނަމަވެސް، އެންމެ ޞައްޙަ ރައުޔަކީ، ހައިޟުވެރިކަމުގައި ހުންނަ އަންހެނަކަށް ހިތުދަސްކޮށްފައިވާ ނުވަތަ ޤުރުއާން ކިޔެވުމަކީ މުޅިން ހުއްދަ ކަމެކެވެ. މީގެ އިތުރުން، އަންގި ނުވަތަ ފޮތިކޮޅެއް ފަދަ އެއްޗެއް ބޭނުންކޮށްގެން ޤުރުއާނުގައި އަތްލައިގެން ކިޔެވުމާއި، ތަފްސީރު ފޮތްތަކުން ކިޔެވުމާއި، ކޮމްޕިއުޓަރު، ޕީ.ޑީ.އޭ ނުވަތަ ފޯނު ފަދަ އިލެކްޓްރޯނިކް ވަސީލަތްތަކުން ކިޔެވުމަކީވެސް ހުއްދަ ކަމެކެވެ. މި ހުރިހާ ގޮތަކަށްވެސް ޤުރުއާން ކިޔެވުން ހުއްދައެވެ. 

ހައިޟުވެރިކަމުގައި ހުންނަ އަންހެނަކު ސަޖިދައެއް އެކުލެވޭ އާޔަތެއް ކިޔަވައިފިނަމަ، އޭނާއަށް ތިލާވަތުގެ ސަޖިދަ ކުރެވިދާނެތޯ އުފެދޭ ސުވާލާ ގުޅޭގޮތުން، އެންމެ ޞައްޙަ ރައުޔަކީ، ހައިޟުވެރިކަމުގައި ހުންނަ އަންހެނަކަށް ނަމާދުކުރުން ހުއްދަވެގެން ނުވާ ކަމެވެ. ވުޟޫގައި ނެތް އަންހެނަކަށް ނުވަތަ ފިރިހެނަކަށްވެސް ނަމާދު ކޮށްގެން ނުވާނެއެވެ. އެހެންނަމަވެސް، ތިލާވަތުގެ ސަޖިދަ ނުވަތަ ޝުކުރުގެ ސަޖިދައަކީ ނަމާދެއް ނޫންކަން ފާހަގަކުރަންޖެހެއެވެ. 

އެހެންކަމުން، މީހަކު "ﷲ އަކްބަރު" ކިޔާފައި ސަޖިދަ ކުރިކަމުގައި ވިޔަސް، އައުރަ ނިވާވެފައި ވިޔަސް ނުވިޔަސް، ޠާހިރުވެ ހުރިކަމުގައި ވިޔަސް ނުވިޔަސް، މިއީ މުޅިން ހުއްދަ ކަމެކެވެ. އެއީ އޭނާ ނަމާދު ކުރަނީ ނޫން ކަމަށްވާތީއެވެ. ކުޑަ ހަދަޘާއި ބޮޑު ހަދަޘުން ޠާހިރުވުން ލާޒިމުވަނީ ހަމައެކަނި ނަމާދު ކުރަން އުޅޭ ހިނދުގައެވެ. ނަމަވެސް މިފަދަ ސަޖިދަތައް ކުރުމުގައި، އޭގެ ފެށުމުގައި ތަކްބީރަތުލް އިޙްރާމް އަދި ނިމުމުގައި ސަލާމް ނުވާތީ، މިއީ ނަމާދެއް ނޫނެވެ. އެހެންކަމުން މިފަދަ ސަޖިދަތައް ކުރުމަކުން އެއްވެސް މައްސަލައެއް ނެތެވެ.

 

- ޝެއިޚް އާސިމް އަލް ޙަކީމްގެ ދަރުސަކުން

 

 

                   

މިއަދު އޮންލައިން