މާބޮޑު ރަޙްމަތާއެކު ނޫނީ އެއްވެސް ދަތި އުނދަގޫކަމެއް އަދި ހިތްދަތިކަމެއްވެސް ކުރިމަތިނުކުރައްވަވާނެކަން އެއީ ޤުރްއާނުން ޔަޤީންކުރެވެން އޮތް ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
މާބޮޑު ރަޙްމަތާއެކު ނޫނީ އެއްވެސް ދަތި އުނދަގޫކަމެއް އަދި ހިތްދަތިކަމެއްވެސް ކުރިމަތިނުކުރައްވަވާނެކަން އެއީ ޤުރްއާނުން ޔަޤީންކުރެވެން އޮތް ކަމެއް!

ދަތިއުނދަގޫ ޙާލަތެއް ކުރިމަތިވުމުން އެހާލަތާއި ގުޅިގެން ދެއްވަވާނެ ލުއިފަސޭހަކަން، އުފާވެރިކަން ދެއްވެވުން އެދިދުޢާކުރާށެވެ! އެލުއިފަސޭހަކަން ލިބެން އޮތް މަގު ދައްކަވައި ދެއްވެވުން އެދި ދުޢާކުރާށެވެ! އެމީހަކަށް ލުއިފަސޭހަކަން މިންވަރުކުރައްވަވައި ދެއްވާނެތެވެ! ޓަކިޖަހަންވީ ދޮރުތައް އަންގަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ހިތްހަމަޖެހުމާއި ލުއިފަސޭހަކަން ލިބިގެންދާނީ މުޞީބާތަކަށްފަހުގައި ކަމަށެވެ. ނަމަވެސް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ކޮންމެ މުޞީބާތާއިއެކުގައިވެސް ، ނުވަތަ ދަތި އުނދަގޫކަމަކާއިއެކުގައިވެސް ފަސޭހަކަން  މިންވަރުކުރައްވަވާފައިވާ ކަމަށެވެ. ވީމާ މިއީ މުޅިން ތަފާތު 2 މާނައެކެވެ.  

إِنَّ مَعَ ٱلْعُسْرِ يُسْرًا 

"ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއިއެކު ފަސޭހަކަންވެއެވެ." (އައްޝަރްޙި: 6)  

މިއާޔަތުން އެނގިގެންދަނީ އެއް ދޮރު ބަންދުކުރައްވަވާއިތުރު ދޮރުތައް ހުޅުއްވަވައިދެއްވަވާނެކަމެވެ. އެއްކަމަކުން ދަތިކުރައްވަވާއިރު އިތުރު ރަހްމަތައް މިންވަރުކުރައްވަވާފައި ވާނެކަމެވެ. ވީމާ އަހަރެމެންނަށް އޮތީ ކުރިމަތިވި ދަތިއުނދަގޫ ހާލަތުން ސަލާމަތްވެވެންދެން އިންތިޒާރުކުރުމެއް ނޫނެވެ. އެކަމުގެ އިންތިޒާރީގައި ތިބޭއިރުވެސް އެދަތިކަމާއިއެކު ﷲ ތަޢާލާ ފޮނުއްވެވި ރަޙްމަތް ހޯދަން މަސައްކަތްކުރުމެވެ. އެކަން ދެނެގަންނަން މަސައްކަތްކުރުމެވެ.  

މިއާޔަތާއިމެދު ވިސްނައިލުމުން އެނގެނީ ދަތިއުނދަގޫތައް ކުރިމަތިކުރައްވަވަނީ ރަޙްމަތް އިތުރުކުރައްވަވަން ކަމެވެ. މުއުމިނުން ނިކަމެތި ނުކުރައްވަވާނެކަމެވެ. މާޔޫސްވެ ގޮތް ހުސްވެގެން އުޅެން ނުޖެހޭނެ ކަމެވެ.

 

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން