ކިތަންމެ ބޮޑުކަމެއް މެދުވެރިވެގެން ކަންބޮޑުވާންޖެހުނަސް ކިތަންމެ ބޮޑު ހިތާމައެއް ކުރިމަތިވިޔަސް ހިތްހަމަޖެހިގެން އުފަލުގަ ހުރެވޭނެ އެންމެ ފަސޭހަ ގޮތް- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ކިތަންމެ ބޮޑުކަމެއް މެދުވެރިވެގެން ކަންބޮޑުވާންޖެހުނަސް ކިތަންމެ ބޮޑު ހިތާމައެއް ކުރިމަތިވިޔަސް ހިތްހަމަޖެހިގެން އުފަލުގަ ހުރެވޭނެ އެންމެ ފަސޭހަ ގޮތް- އިން ޝާ ﷲ

ކޮންމެ މީހަކަށްވެސް ހިތާމަކޮށްލަން ޖެހޭ ވަޤުތުތަކާއި ކަންބޮޑުވާންޖެހޭ ވަޤުތުތަކާއި ބައްދަލުވާނެއެވެ. އެހެން ނޫންނަމަ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިއަހުގައި އިންނަވައިގެން އަބޫބަކުރުގެފާނު ކަންބޮޑުވެވަޑައެއް ނުގަތީހެވެ. ހިތާމަފުޅެއް ނުކުރެއްވެވީހެވެ.  

އެވަޤުތު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް ބަޔާންކޮށްދެއްވެވި ﷲ ތަޢާލާގެ ވަޙީބަސްފުޅު ހަނދުމަކުރާށެވެ! "...ހިތާމަ ނުކުރައްވާށެވެ! ﷲ ތަޢާލާ ވަނީ އަހުރެމެންނާއިއެކުގައެވެ..." 

އެފަދަ ޙާލަތުގައި ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވެލާށެވެ! އެއިރުން ﷲ ތަޢާލާ ތިބާއާއިއެކުގައި ވޮޑިގަންނަވާނެތެވެ. އެއިރުން ތިބާއަށް ދެރައެއް، ހިތްދަތިކަމެއް ދެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ.  

ރަނގަޅަށް އަޑުއަހާށެވެ! ތިބާއާއިއެކުގައި ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުކުރެވޭ މީހާ ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ އެއްވެސް މީހަކަށް އެއްވެސް ކަމެއް ކުރެވޭނީ ﷲ ތަޢާލާގެ އިޛްނަފުޅާއިއެކުގައިކަން އެއީ ޔަޤީންވާކަމެއް ނޫންހެއްޔެވެ؟  

ވީމާ ޔަޤީންކުރަންޖެހެނީ އެންމެ ކަމެކެވެ. އެކަމަކީ އެއްވެސް މީހަކަށް ތިބާއަށް އެއްވެސް ދެރައެއް ދެވޭނީ އެކަމަކަށް ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމަ ކަމެވެ. ﷲ ތަޢާލާ އިރާދަކުރައްވަވައިފިކަމެއް ހުއްޓުވޭނެ މީހަކުވެސް ނުވެއެވެ. އަދި ﷲ ތަޢާލާ ކޮންމެ ކަމެއްވެސް މުއްމިނުންނަށް އިރާދަ ކުރައްވަވާނީ އެމީހަކަށް ރަނގަޅަކަށެވެ. ވަކީލްކުރާ ކޮންމެ މީހަކަށްވެސް އެކަން ޔަޤީންކުރެވޭނެއެވެ. 

މިބަޔާންކުރި ކަންކަން ޤަބޫލުކުރީމާ ކަންބޮޑުވުމާއި ހިތާމައިގައި ތިބި އެންމެންނަށް އެކަންކަމުން ސަލާމަތްކަން ލިބޭނެއެވެ! އިން ޝާ ﷲ

 

- މުފްތީ މެންކްގެ ދަރުސަކުން

 

މިއަދު އޮންލައިން