ތިބާކުރި ދުޢާ ޢިޖާބަކުރެއްވެވުމަށް ތިބާ ލައްވައި ހުރަސްއަޅުވަން ޝައިޠޯނާ ޖަހާ ދަންތުރަ އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ތިބާކުރި ދުޢާ ޢިޖާބަކުރެއްވެވުމަށް ތިބާ ލައްވައި ހުރަސްއަޅުވަން ޝައިޠޯނާ ޖަހާ ދަންތުރަ އެނގޭތަ؟

ދުޢާކުރަން އެދޭމީހާ ފުރަތަމަ ކަމަކަށް ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރާށެވެ! ނަމާދުކުރަމުން ޔަޤީންކަމާއިއެކު ދުޢާކުރާށެވެ! ދުޢާކުރަންވާނީ ޢިޖާބަކުރައްވަވާނެކަމުގެ ޔަޤީންކަމާއިއެކުގައެވެ. ޝައްކުގެމަތީގައި ދުޢާކުރުމަކީ ދުޢާ ޢިޖާބަކުރެއްވެވުމަށް އޮތް ހުރަހެކެވެ. ނުވަތަ ހުރަސްއެޅޭކަމެކެވެ.

ހަމައެފަދައިން އިޚްލާޞްތެރިކަމެއް ނެތި ކުރާ އަޅުކަންވެސް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތެވެ. ވީމާ ކޮންމެ އަޅުކަމެއް ކުރިނަމަވެސް އިޚްލާޞްތެރިކަމާއިއެކުގައިކުރާށެވެ! ނޫންނަމަ އެއްވެސް ފައިދާއެއް ނުކޮށްފާނެއެވެ.  

އިޚްލާޞްތެރިކަމާއިއެކު އަޅުކަންކުރަމުން ޔަޤީންކަމާއިއެކު ދުޢާކުރާ މީހަކަށް ޙަޔާތުގެ ހުރިހާ ކަންކަންވެސް ދާނީ ކާމިޔާބުވަމުންނެވެ. އާޚިރަތްވެސް ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ 

މިއީ ކޮންމެ މުސްލިމަކުވެސް ޤަބޫލުކުރަންޖެހޭނެ ކަންކަމެވެ. އެކަމަކު ޝައިޠޯނާ ދޭ ވަސްވާސްތަކަށް ހެއްލެވެނީއެވެ. ތިމާއަށް މިވެނި އެވެނި ފާފައެއް ކުރެވިފައިވާތީ ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވާނެކަމަށް ވަސްވާސްދެނީ ޝައިޠޯނާއެވެ. އޭތި އެކަންކުރަނީ ތިބާކުރި ދުޢާ ޢިޖާބަކުރެއްވެވުމަށް ތިބާލައްވައި ހުރަސްއަޅުވަންވެގެންނެވެ. ވީމާ މިކަމަކީ ދުޢާކުރުމަށްފަހު އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތަކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން