އުފާވެރިކަމުގެ ޚަބަރުދެއްވަން ﷲ ތަޢާލާ ރަސޫލް (ޞޢޥ)އަށް އެންގެވި މީހުންގެ ތެރޭގައި ތިބާ ވަމުހެއްޔެވެ؟ އެއީ ކޮންބައެއްކަން ޤުރްޢާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އުފާވެރިކަމުގެ ޚަބަރުދެއްވަން ﷲ ތަޢާލާ ރަސޫލް (ޞޢޥ)އަށް އެންގެވި މީހުންގެ ތެރޭގައި ތިބާ ވަމުހެއްޔެވެ؟ އެއީ ކޮންބައެއްކަން ޤުރްޢާނުން-

ފާފަ ފުއްސަވައިދެއްވެވުމާއި ﷲ ތައާލާގެ ނިޢްމަތްތައް ލިބުންވަނީ ކޮންބައަކަށްކަން މިއާޔަތުން އެނގިގެންދެއެވެ.

"ކަލޭގެފާނު އިންޛާރުކުރައްވާކަން ކަށަވަރީ، ޤުރްއާނަށް ތަބަޢަވެ، ޣައިބުގައި ރަޙްމާންވަންތަ ރަސްކަލާނގެއަށް ބިރުވެތިވާ މީހާއަށެވެ. ފަހެ، އެމީހާއަށް ފާފަ ފުއްސެވުމާއި، ދީލަތި ދަރުމައެއް ހުރިކަމުގެ އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ!" (ޔާސީން: 11)

އެއްވެސް ޝައްކެއްނެތް ގޮތުގައި އެމީހަކީ "ޤުރްއާނަށް ތަބަޢަވެ، ޣައިބުގައި ރަޙްމާންވަންތަ ރަސްކަލާނގެއަށް ބިރުވެތިވާ މީހާ" އެވެ.

ޤުރްއާނަށް ތަބަޢަވުމަކީ އެންމެ ފުރިހަމަ ގޮތުގައި ޤުރްއާނަށް ޢަމަލުކުރުމެވެ. ދެން ބަޔާންކުރައްވަވާފައިއެވަނީ އެމީހެއްގެ ލޮލަށް ﷲ ތަޢާލާ ނުފެންނަ ޙާލުގައިވެސް ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ވީމާ އެނގިގެން މިދަނީ ޤުރްއާނަށް ތަބަޢަވެ، ޢަމަލުކުރާ އަދި ﷲ ތަޢާލާއަށް ބިރުވެތިވާ މީހާއަށް އޭނާގެ ފާފަތައް ފުއްސަވައިދެއްވަވާނެކަމެވެ. އަދި ﷲ ތަޢާލާގެ ދީލަތި ދަރުމަ އެމީހަކަށް ލިބިގެންދާނެ ކަމެވެ.

ސުވާލަކީ ތިމާއަކީ އެފަދަ މީހަކު ހެއްޔެވެ؟

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އުފާވާނީ އެމީހަކީ އެމީހެއްގެ ފާފަ ފުއްސަވައިދެއްވަވާނެ ނުވަތަ ދެއްވަވާފައިވާ މީހަކުކަމުގައިވުމުންނެވެ. އަދި ﷲ ތަޢާލާގެ ދީލަތި ދަރުމަ ލިބިގެންވާ މީހަކުކަމުގައިވުމުންނެވެ. އެކަމަށް އެދިގެން މަސައްކަތްކުރާ އަޅުންނަށް އެކަން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން