ٱلْحَمْدُ لِلّٰهِ ގިނަގިނައިން ކިޔަންވީ ސަބަބުތަކާ ކިޔުމުން ލިބޭ ފައިދާތައް ވަރަށް ގިނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ٱلْحَمْدُ لِلّٰهِ ގިނަގިނައިން ކިޔަންވީ ސަބަބުތަކާ ކިޔުމުން ލިބޭ ފައިދާތައް ވަރަށް ގިނަ!

ٱلْحَمْدُ لِلّٰهِ އަކީ މުސްލިމުންނަށް އެންމެ ގިނައިން ކިޔޭ އެއް ކަލިމައެވެ. ދުވާލަކު އެތައް ފަހަރަކު ތަކުރާރުކޮށް ٱلْحَمْدُ لِلّٰهِ ކިޔެއެވެ. އެހެންކަމާއިއެކުގައިވެސް ٱلْحَمْدُ لِلّٰهِ ގެ މާތްކަން ބޮޑުކަމާއިމެދު ވިސްނައިލެވެނީ މަދު މީހަކަށެވެ.  

ދުޢާތަކުގެ ތެރެއިން އެންމެ މާތް އެއް ދުޢާއަކީ ٱلْحَمْدُ لِلّٰهِ އެވެ.  ގެ މަތިވެރިކަން އެހައި ބޮޑުވެގެންދަނީ ﷲ ތަޢާލާ މަތިވެރިކުރެވޭތީއެވެ. އަދި އެމީހާ އެ ދުޢާކުރަނީ ދުޢާގައި ވަކިކަމަކަށް ނުއެދިކަމަށްވާތީއެވެ.  

ٱلْحَمْدُ لِلّٰهِ ކިޔުމުން އަންގައިދެނީ އެމީހާގެ ހުރި ނިކަމެތިކަމާއި އެންމެހައި މަތިވެރިކަން ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމެވެ. އެންމެހައި ޙަމްދުޘަނާއެއް ޙައްޤުވެގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ. ވީމާ އަހުރެމެން ٱلْحَمْدُ لِلّٰهِ ކިޔުން ގިނަކުރާ ވަރަކަށް އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަތުން އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ  

މިއީ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. މީގެ އިތުރުން ޛިކުރު ތަކުގެ ތެރެއިން އެންމެ އިތުރުކަންބޮޑު ޛިކުރަކީ لا إله إلا الله ކަމަށްވެސް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.  

އަބަދުވެސް މިފަދަ މަތިވެރި ޛިކުރުތައް ކިޔުންމަތީގައި ހުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ހުކުރު ދުވަހާއި މަތިވެރިވެެގންވާ ދުވަސްތަކުގައި އަދި ރޯދައަށް ހުންނަ ދުވަސްތަކުގައި ކިޔުން ގިނަކުރާށެވެ!

 

- ޢުމަރު ސުލައިމާންގެ ދަރުސަކުން

 

މިއަދު އޮންލައިން