މީހާ ފެންނަ ސިފައަށް ބަލައި ބަސް ނުބުނާށެވެ! ހިތް އަނދައަނދަވެސް އޮވެދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
މީހާ ފެންނަ ސިފައަށް ބަލައި ބަސް ނުބުނާށެވެ! ހިތް އަނދައަނދަވެސް އޮވެދާނެ!: މުފްތީ މެންކް

ބައެއް މީހުންނަށް މީހަކު ފެންނައިރަށް އެމީހާގެ ސިފައަށް ބަލައި ބަސްބުނެއެވެ. މިބުނަނީ ރީތިކޮށް ފޭރާންލައި ަނަލަހެދިގެން ހުރިނަމަ އެއީ ވަރަށް އުފަލުގައި ހުރި މީހަކު ކަމަށް ބަލައި ބަސްބުނާ ވާހަކައެވެ.  

އެއީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ކިތަންމެ ރީތި ފޭރާންލައި ނަލަހެދިގެން ހުންނަ މީހާގެ ހިތްވެސް ހިތާމައިން ފުރި އަނދައަނދަ އޮވެދާނެއެވެ. އެޙާލަތުގައި ބުނެވޭ އެންމެ ބަހެއްގެ ސަބަބުން ހިތުގައި ރޯވެފައިވާ ހުޅުގަނޑު އެތައް ގުނައަކަށް ބޮޑުވެގެން ހިނގައިދާނެއެވެ. 

ދެވަނަ ކަމަކީ މީހެއްގެ މޫނުމަތިން ނުވަތަ ހަށިގަނޑުން ފެންނަ ސިފައަށް ބަލައި އެއީ ތިމާ ބޭނުންވެގެން ބުނާ ކޮންމެ ކަމެއް ކޮށްދީފާނެ މީހަކުކަމަށް ހީކުރެވިދާނެއެވެ. ކޮންމެ ފަދަ ގުޅުމެއްވެސް ހިންގިދާނެ މީހަކުކަމަށް ޤަބޫލުކުރެވިދާނެއެވެ.  

އެކަމަކު ބުނަން ހެއްޔެވެ؟ އެހެނެއް އެކަމެއް ނުވާނެއެވެ. އޭނާގެ ސިފަ ކޮންމެ ގޮތަކަށް ފެނުނަސް ތަޤްވާވެރިކަމުގައި މާކުރިއަރާފައިވާ މީހުން ބައިވަރެވެ. ﷲ ތަޢާލާގެ ޙަޟްރަތާއި އެންމެ ބޮޑަށް ގުޅިގެން ތިބޭ މީހުންވެސް ބައިވަރެވެ.  

މިކަންކަމުން އެނގެނީ މީހުން ތިބޭ ސިފައަށް ބަލައި އޭނާގެ ޙަޤީޤަތް އެނގޭކަމަށް ވިސްނި ބަސްބުނެގެން ނުވާނެ ކަމެވެ. ފޮތެއް ފެންއިރަށް ފޮތުގެ ބޭރުގަނޑަށް ބަލައި ފޮތާއިމެދު ގޮތް ނުނިންމަން އެއޮންނަނީ އެހެންވެގެންނެވެ.  

މީހަކާއި ބައްދަލުވެއްޖެނަމަ ފުރަތަމަ ވާހަކަ ދައްކައި ގުޅުން އުފައްދާށެވެ. އޭނާގެ ޙަޤީޤަތް ދެނެގަންނާށެވެ! ބަސްބުނަންވާނީ ޙަޤީޤަތް އެނގުމުންނެވެ. އޭނާގެ ވިސްނުމާއި އޭނާ ހުރި ޙާލަތު ރަނގަޅަށް އެނގިގެންނެވެ. ތިމާއަށް އެންމެ ފައިދާކުރާނެ ގޮތަކީ އެއީއެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން