ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެގަތުމަކީ ފާފަފުއްސަވައިދެއްވެވުމުގެ އިތުރުން އެއީ ކުރެވުނު ހެޔޮ ކަމެއް ކަމަށް ލިޔުއްވަވައި ދެއްވަވާނެ ސަބަބެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެގަތުމަކީ ފާފަފުއްސަވައިދެއްވެވުމުގެ އިތުރުން އެއީ ކުރެވުނު ހެޔޮ ކަމެއް ކަމަށް ލިޔުއްވަވައި ދެއްވަވާނެ ސަބަބެއް! އިން ޝާ ﷲ

މުސްލިމަކަށް ފާފައެއް ކުރެވިއްޖެނަމަ އެފާފަކުރިކަމަށް ނުލިޔުއްވަވައި 6 ގަޑިއިރަށް މަޑުކުރައްވަވަން ﷲ ތަޢާލާ މަލާއިކަތް ބޭކަލުންނަށް އަންގަވާނެތެވެ. މީގެ މާނަ ބައެއް ޢިލްމުވެރިން ކުރައްވާ ގޮތުގައި އެއީ ލިޔުއްވެވި ނަމަވެސް ބުރަދަނެއް ނެތުމެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.  

އެވަޤުތުގައި (6 ގަޑިއިރު ނުވަނީސް) ތައުބާވެއްޖެނަމަ އޭނާއަށްޓަކައި ލިޔުއްވަވާނީ ހެޔޮ ޢަމަލެއް ކުރިކަމަށެވެ. އެހެނީ ފާފައެއް ކުރެވުމުން ތައުބާވުމަށް އަވަސްވެގަތުމަކީ ހެޔޮ ޢަމަލެކެވެ.  

އަދި ދަންނާށެވެ! ފާފައެއްކޮށް ތައުބާ ނުވުމުން ފަތުގައި ލިޔުއްވެވި ނަމަވެސް ލިޔުއްވަވާނީ އެންމެ ފާފައެއް ކުރިކަމަށެވެ. އަދި ހެޔޮ ޢަމަލެއް ކުރުމުން މަދުވެގެން 10 ޘަވާބު ލިޔުއްވަވާނެތެވެ. އަދި ގުނަވެގެން 700 ގުނައަށް ނުވަތަ އެއަށްވުރެވެސް ގިނައިންވެސް ﷲ ތަޢާލާ ކަނޑައަޅުއްވަވާ ޢަދަދަކަށް ލިޔުއްވަވާނެތެވެ. ފާފައެއް ކުރެވުމުން ތައުބާވެ ހެޔޮ ޢަމަލެއް ކުރަންވީ މި ސަބަބަށްޓަކައެވެ.  

ދެން އޮތީ 6 ގަޑިއިރެވެ. އެއީ އަހަރެމެން ގަޑި މިބަލާ 60 މިނިޓަކުން ނޫނެވެ. އެކަމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ވަޤުތެކެވެ. ދުނިޔޭގެ ގަޑިން އެއީ ކިހާއިރެއްކަމެއް، ކިހާކުޑަކުޑަ ހިނދުކޮޅެއްކަމެއް ނުވަތަ ކިހާގިނައިރެއްކަމެއް ނުއެނގޭނެއެވެ.  

ފާފައެއް ކުރެވުނަސް ތައުބާވުމަށް އަވަސްވެގެންނަންވީ މިފަދަ ސަބަބުތައް ހުރުމުންނެވެ. ލިބެން އޮތް ފައިޑާ ބޮޑުކަމުންނެވެ.

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން