ލޯބިވެރިން އަބަދުވެސް ގެއްލޭނެ! ވަކިވާން ތިމާވެސް ބޭނުންވެދާނެ! އެންމެ ފައިދާހުރި ގޮތަކީ އެކަމަށް އަބަދުވެސް ތައްޔާރުވެގެން ހުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ލޯބިވެރިން އަބަދުވެސް ގެއްލޭނެ! ވަކިވާން ތިމާވެސް ބޭނުންވެދާނެ! އެންމެ ފައިދާހުރި ގޮތަކީ އެކަމަށް އަބަދުވެސް ތައްޔާރުވެގެން ހުރުން!

ގިނަ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް މަސައްލައަކަށްވެފައި އޮންނަނީ ލޯބިވެރިޔާ ގެއްލެން ޖެހުމެވެ. ނަމަވެސް އެއީ ޢާންމު ކަމެކެވެ. މިއަދަކު ނޫނެވެ. އެއީ އަބަދުވެސް މެދުވެރިވަމުން އަންނަ ކަމެކެވެ. 

ވީމާ އަނެކާދެކެ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް ލޯބިވާންވާނީ ކޮންމެ ވަޤުތަކުވެސް އެމީހަކާއި ވަކިވާންޖެހިދާނެކަމަށް ބަލައިގެންނެވެ. ކޮންމެ މީހަކީވެސް ކޮންމެ ވަޤުތަކުވެސް ވަކިވެދާނެ މީހެކެވެ. އަދި ތިމާއަށް މޮޅު، ފައިދާހުރި ގޮތެއް ފެނުމުން ވަކިވާން ތިމާވެސް ބޭނުންވެދާނެއެވެ. 

ދެ ޙާލަތުންކުރެ ޙާލަތެއް މެދުވެރިވި ނަމަވެސް އެކަމަކީ ބޮޑު ބައްޔަކަށް ނުވަތަ ބޮޑު ކަންބޮޑުވުމަކަށް ނުވެ ސަލާމަތްވެވޭނީ މިބުނި މަގުން ލޯބިވެގެންނެވެ. 

އެކަމަސް އެންމެ ފައިދާ ބޮޑު އެއް ގޮތަކީ ލޯބިވެގެން އުޅޭ މުއްދަތު ކުރުކޮށް ވީހާއަވަހަކަށް ކައިވެނިކޮށް އެކުގައި ދިރިއުޅެން މަސައްކަތްކުރުމެވެ. ސަބަބަކީ ލޯބިވެރިއަކާއި ވަކިވުމަކީ ބައިވެރިޔާ އާއި ވަކިވުމަސްވުރެ މާފަސޭހައިން ކުރެވެން އޮތް ކަމަކަށްވާތީއެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތުމެވެ. 

އިމެއް ނެތި ލޯބިވުން އޮތީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތަށެވެ. އިންސާނުން ދެކެ ލޯބިވާންވާނީ މިބުނި ކަންކަމަށް ވިސްނައިގެންނެވެ. ތިމާއަށް ބޮޑަށް ރަނގަޅުވެދާނެހެން ހީވާ ގޮތެއް ފެނުނަސް އަނެކާއާއިމެދު ވިސްނައިލާނީ މަދުމީހަކުކަން އަބަދުވެސް ދަންނަންވާނެއެވެ.

 

- އަލަފް / މިއަދުނޫހަށް

 

މިއަދު އޮންލައިން