މެންދުރު ކައިގެން އިރުކޮޅަކު ނިދައި އަރާމުކޮށްލުމުގެ ސުންނަތް މިދަނީ ނެތެމުންނެވެ. ނެތެމުންދާ ސުންނަތެއް ދިރުވައި އާލާކުރުމަކީ ވަރަށް ގިނަ ޘަވާބު ދެއްވަވާ ކަމެކެވެ. އެހެންކަމުން އެސުންނަތް ދިރުވައި އާލާކުރަން މަސައްކަތްކުރަން އެބަޖެހެއެވެ. އެހެންވެ ބުނެލާނަމެވެ.
މެންދުރު ނަމާދުކޮށް ކައި ހަދައިގެން ކުޑައިރުކޮޅަކު ނިދާލުމަކީ ސުންނަތެކެވެ. އެސުންނަތަށް ޢަމަލުކުރެވެނީ ވަރަށް މަދު މީހަކަށެވެ. ދިރިއުޅުމާއި މަސައްކަތުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން މެންދުރުގެ އެ ވަޤުތުގައި ނިދާލެވެން ގިނަބައަކަށް ނުވެސް އޮންނަނީއެވެ. ނަމަވެސް އެކަން ކުރުމަކީ ޞިއްހަތަށް ފައިދާކުރާކަމެއްކަން މިއަދު މިވަނީ އެނގިފައެވެ.
"އެކަލާނގެ ޙަޟްރަތުން އައި އަމާންކަމެއްގެ ގޮތުގައި ނިދިޖެހުން ތިއަބައިމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވަވައި..." (އަލް އަންފާލް: 11)
ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މިއާޔަތުގައި އެވަނީ "ކުރު" ނިދީގެ ނުވަތަ ކުޑަ އިރުކޮޅަކު ނިދައިލުމުގެ ވާހަކައެވެ.
މިއަދުގެ ސައިންސްވެރިން ޤަބޫލުކުރާ ގޮތުގައި ޜޭގަނޑުގެ ނިދި ފުރިހަމަކުރުމާއި ދުވާލު ކުޑަ ވަގުތުކޮޅަކު ނިދައިލުމަކީ ލޭ މައްޗަށް ދިއުން ކުޑަވާ ކަމެކެވެ. މާޔޫސްވުމާއި ކަންބޮޑުވުން ކުޑަވެ މީހާއަށް ހިތްހަމަޖެހުން ލިބޭ އަދި ހަށިގަނޑަށް އަރާމުލިބިގެންދާ ކަމެކެވެ.
މެންދުރު ކެއުމަށްފަހު ކުޑަ އިރުކޮޅަކު ނިދައިލުމަކީ ދުވަހުގެ މަސައްކަތަށް އިތުރުކުރިއެރުން ލިބޭކަމެއކަމަށް ބަލައި ޗައިނާގެ ކުންފުންޏަކުން ވަނީ މެންދުރު ކެއުމަށްފަހު 30 މިނިޓް ވަންދެން ނިދަން ކުންފުނީގެ މުވައްޒިފުންނަށް އަމުރުކޮށްފައެވެ.
ހަމައެއާއިއެކު މިއަދުގެ ސައިންސްވެރިން ބުނަނީ މެންދުރު އިރުކޮޅަކު ނިދައިލުމަކީ ރޭގަނޑުގެ ނިދިން ގެއްލުނުބައި ފޫބައްދައި ހަށިގަނޑު ތާޒާކޮށްދީ ދިރުން އިތުރުކޮށްދޭ (ހަރަކާތްތެރިކުރުވާ) ކަމެއް ކަމަށެވެ.
ސައިންސްވެރިންގެ ހޯދުންތަކުން އެނގިގެން މިދިއައީ ސުންނަތުގައިވާފަދައިން މެންދުރުގެ ކެއުމަށްފަހު ކުޑައިރުކޮޅަކު ނިދައިލުމުން ޞިއްޙަތަށް ބޮޑެތި ފައިދާތަކެއް ކުރާކަމެވެ. އެއިގެ ތެރޭގައި ލޭމައްޗަށް ދިއުން ހުއްޓުވުމާއި މާޔޫސްކަމާއި ކަންބޮޑުވުން ފިލާކަމާއި ދުވަހުގެ މަސައްކަތްތައް ކުރަން އިތުރު ހަކަތައާއި ހިތްވަރު ލިބޭކަން ފަދަ ފައިދާހުރި އެތައް ކަމެއް ހިމެނިގެންދާކަމެވެ.
Sahih Al-Bukhari Hadith 2.63
Narrated by Sahl
We used to offer the Jumua prayer with the Prophet (saws) and then take the afternoon nap.
Sahih Al-Bukhari Hadith 8.298
Narrated by Thumama
Anas said, "Um Sulaim used to spread a leather sheet for the Prophet (saws) and he (saws) used to take a midday nap on that leather sheet at her home."
It is indeed reported in several authentic narrations that it was a customary practice of the Prophet (saws) and his noble companions to take the afternoon nap.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން