އެމީހުން ކަންކަން ކުރި ގޮތަށް ނުބަލައި ޢާއިލާގެ މީހުންނަށް އެހީތެރިވުމަކީ ތަނަވަސްކަން އިތުރުވާނެ ސަބަބެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
އެމީހުން ކަންކަން ކުރި ގޮތަށް ނުބަލައި ޢާއިލާގެ މީހުންނަށް އެހީތެރިވުމަކީ ތަނަވަސްކަން އިތުރުވާނެ ސަބަބެއް! އިން ޝާ ﷲ

އެދެމަފިރިން ދިރިއުޅެން ފަށައިގަތީ ވަރަށް ކުޑަކުޑަ ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. ވަރަށް ދަތިޙާލުގައެވެ. ދެމީހުންވެސް ވަޒީފާއަދާކޮށް ކުރި ބުރަމަސައްކަތުން ތަނަވަސް ބައަކަށް ވެވުނެވެ.  

އެދުވަސްތަކުގައި ދެމަފިރިންނަށް ކުރެވުނު ތަޖުރިބާއަކީ ނިކަމެތި ޙާލުގައި އުޅުނުއިރު އެމީހުންގެ ޙާލު ބަލައިލީ މަދު މީހަކު ކަމެވެ. ނަމަވެސް ތަނަވަސްކަން ލިބުނު ހިސާބުން ޢާއިލާގެ މީހުންތައް ގިނަވިކަމެވެ.  

އެކަން ތަޖުރިބާ ކުރެވުނަސް ދެމީހުންކުރެ އެކަކުވެސް އެއްވެސް މީހަކު ހިތުގަ ޖެހޭނެފަދަ ބަހެއްވެސް ނުބުނެއެވެ. ކަމަކު އެދިއްޖެނަމަ ވެވުނު ވަރަކުން އެހީތެރިވެއެވެ. ދެމީހުންގެ ޢާއިލާއާއިމެދުވެސް ކަންކަން ކުރީ އެއް ގޮތަކަށެވެ.  

ނަތީޖާ އެނގޭ ހެއްޔެވެ؟ މިއަދު އެދެމަފިރިންނަކީ ސިޓީގެ އެންމެ ތަނަވަސް މީހުންގެ ތެރެއިން ހިމެނޭ ދެމީހުންނެވެ. އެންމެ ޚާއްޞަ އެއްކަމަކީ ތަނަވަސް މީހުންގެ ތެރެއިން އެންމެ ލޯބިން އުޅޭކަމަށް ފާހަގަކުރެވެނީވެސް އެދެމަފިރިންކަމެވެ.  

އަހުރެންގެ ނަޞީޙަތަކީ ގާތްތިމާގެ ކަމުގެ ގުޅުން ބާއްވަންވީ ތަނަވަސްކަމަށް ބަލައިގެނެއް ނޫނެވެ. ޢާއިލީ ގުޅުމަކީ ﷲ ތަޢާލާ މިންވަރުކުރައްވަވާ ކަމަކަށްވާތީ ވިސްނަންވީ އެކަމަށެވެ. ދަތިޙާލުގައިވީއިރު އެހީތެރިނުވާ މީހުންނަށްވެސް ރުޅިވެރިކަން ނުބާއްވާށެވެ! ތިބާގެ ވާޖިބް ތިބާ އަދާކުރާށެވެ! އެއިރުން ﷲ ތަޢާލާ ލައްވަވާ ރަހްމަތް މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން