ޙަސަދަވެރިކަމާ ފާފަކުރެވުމުން ދުރުހެލިވާންއެދޭނަމަ ތިބާ ނިކަން މި 4 ކަންތައް މަދުކޮށް މިއެންމެ ކަންތައް ކުރުން އިތުރުކޮށްބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޙަސަދަވެރިކަމާ ފާފަކުރެވުމުން ދުރުހެލިވާންއެދޭނަމަ ތިބާ ނިކަން މި 4 ކަންތައް މަދުކޮށް މިއެންމެ ކަންތައް ކުރުން އިތުރުކޮށްބަލާށެވެ!

ތިބާއަކީ ޣީބަ ނުބުނާ އެއްވެސް މީހަކަށް ނުބައިބަސް ނުބުނާ މީހަކަށް ވުމަކުން އަދި ނުފުދެއެވެ. އެފަދަ ކަންކަންކުރާ މީހުންނާއިއެކު ބޭރަށް ގޮސް، ގުޅުން ބާއްވައި ވާހަކަދައްކައި ނުހަދާށެވެ. އެމީހުން ދައްކާ ވާހަކަތައް އަޑުއިވުމުން ތިބާއަށްވެސް ބައިވެރިވެވުނުކަމަށްވެ ފާފަވެރިވާނެތީއެވެ. އެއީ ވަރަށް ނުރައްކާތެރި ވައިރސްއެކެވެ. އެވައިރަސް ތިމާގެ ގައަށް އެރިއަދީގެންނުވާނެއެވެ. އެވައިރަސްއަށް ރައްކައުތެރިވާންޖެހޭނެއެވެ. 

ހަމަ އެގޮތަށް އިންސާނުންނަކީ އެހެން މީހުންނަށް ދެއްވަވާ ނިޢްމަތްތަކަށް ވަރަށް ފަސޭހައިން ޙަސަދަވެރިވެވޭނެ ބައެކެވެ. މިޘާލަކަށް ތިމާގެ ގެއަށްވުރެ އަނެކާގެ ގެ ބޮޑުވެފައި ފަރުނީޗަރުތައް ފުރިހަމަވުމުންވެސް ޙަސަދަވެރިވެވިދާނެއެވެ. އެމީހެއްގެ ޙާލަތު އެނގޭނީ އެމީހަކަށެވެ. އެހެންވީމާ ޙަސަދަވެރިވެވިދާނެކަމުގެ ބިރު އޮތްނަމަ އެގެއަކަށް ނުދާށެވެ. އެގޮތް މާސަލާމަތްކަން ބޮޑެވެ. 

އިމާމް އިބްން އަލް-ޤައްޔިމް ރަޙިމަހުﷲ ވަނީ މިކަންކަމުން ސަލާމަތްވެވޭނެ ވަރަށް ފަސޭހަ މަގެއް ބަޔާންކޮށްދެއްވަވައިފައެވެ. އެއީ 4 ކަމެއް ނުކޮށް ދޫކޮށްލުމާއި އެންމެ ކަމެއް ކުރުން އިތުރުކުރުމެވެ. 

މަދުކުރަން ވިދާޅުވި 4 ކަމަކީ ގިނައިން ވާހަކަދެއްކުމާއި ގިނައިން ނިދުމާއި، ގިނައިން ކެއުމާއި އަދި މީހުންނާއި (ބޭކާރުގޮތުގައި) ބައްދަލުކޮށް މުޢާމަލާކުރުމެވެ. އިތުރުކުރަން ވިދާޅުވެފައިވަނީ ޛިކުރުކުރުމެވެ.

 

- ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން

މިއަދު އޮންލައިން