ހިތްދަތިކަން ކުރިމަތިވުމުން ޢަމަލުކުރަން އޮތް ގޮތާ ކުރަން އޮތް ދުޢާ-: ފަހުދު އަލްކަންދަރީ

ކިޔުމަށް ހޭދަވާނީ 11މ 53ސ
ހިތްދަތިކަން ކުރިމަތިވުމުން ޢަމަލުކުރަން އޮތް ގޮތާ ކުރަން އޮތް ދުޢާ-: ފަހުދު އަލްކަންދަރީ

ޢާއިޝަތު ރަފާޙް ޢަލީ

 

ޝައިޚް ފަހުދު، ވަގުތުން ވަގުތަށް އަޅުގަނޑަށް ކޮންމެވެސް ވަރެއްގެ ހިތްދަތިކަމެއް އިހުސާސްވެއެވެ. އޭގެ ސަބަބަކީ ކޮބައިކަން އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑުގެ ދިރިއުޅުމުގައި ދިމާވާ މި ހިތްދަތިކަން އަޅުގަނޑު ފަރުވާކުރާނީ ކިހިނެއްތޯއެވެ؟" 

ޖަވާބު: މިވަގުތު ކަންބޮޑުވުމާއި ހިތްދަތިކަން ތަޙައްމަލުކުރަމުންދާ ކޮންމެ ފަރުދަކަށް މި މުހިންމު މަޢުލޫމާތު އަމާޒުކުރަމެވެ. ތިޔަ ބޭފުޅުން މިހާރު ކުރިމަތިލައްވަމުންދާ ދަތިއުނދަގޫތަކަކީ އިރާދަކުރެއްވިއްޔާ ވަގުތީ ކަމެއްކަން ޔަޤީންކުރަމެވެ. މި ދަތިތައް ނިމުމަކަށް އަންނާނެކަން ކަށަވަރެވެ. އެހެންނަމަވެސް، މި ޙާލަތުން އަރައިގަތުމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. 

ހިތްދަތިކަން ކުރިމަތިވުމުގެ އެކި ސަބަބުތައް ހުރެދާނެއެވެ. އޭގެ ތެރޭގައި ތިޔަ ބޭފުޅުން ބައްދަލުވާން ބޭނުންނުވާ ފަރާތްތަކާ ކުރިމަތިލާންޖެހުން ހިމެނިދާނެއެވެ. މިފަދަ ޙާލަތްތަކުގައި އެފަދަ ފަރާތްތަކާ ދުރުހެލިވުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، ހިތްދަތި ހަނދާންތަކުން ދުރުވެ، އުންމީދުތައް އާކުރުމަށް މަސައްކަތްކުރުމަކީވެސް ބުއްދިވެރި ކަމެކެވެ. 

ހިތްދަތިކަމުގެ ސަބަބު ދެނެގަތުމަކީ މުހިންމު ކަމެކެވެ. ނަމަވެސް، އެ ސަބަބު ސާފުނުވާނަމަ، ފާފަތަކާއި އުރެދުންތަކަކީ ހިތްދަތިކަމާއި ނަފްސާނީ ވޭނަށް މަގުފަހިކޮށްދޭ ކަންކަން ކަމުގައި ދެނެގަތުން މުހިންމެވެ. އެހެންކަމުން، އަޅުކަމާއި ހެޔޮ ޢަމަލުތަކުގައި ދެމިހުރުމަކީ މި ޙާލަތުން އަރައިގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ. 

އަންޢާމް ސޫރަތުގެ 125 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

وَمَن يُرِدْ أَن يُضِلَّهُۥ يَجْعَلْ صَدْرَهُۥ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِى ٱلسَّمَآءِ

މާނައީ: "އަދި އެކަލާނގެ މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ، އުޑާދިމާއަށް (މައްޗަށް) އަރައިގެންދާ މީހެކޭ އެއްފަދައިން އެކަލާނގެ އެމީހެއްގެ ހިތުގައި ދަތިކަމާއި، ނުތަނަވަސްކަން ލައްވަތެވެ." 

فعن عبدالله –يعنيابن مسعود رضي الله عنه وأرضاه-قالقال رسولُ الله :ما أصاب أحدًا قطُّ همٌّ ولا حَزَنٌ فقال اللهمَّ إني عبدُك ابنُ عبدِك ابنُ أمَتِك ناصيَتي بيدِك ماضٍ فيَّ حُكمُك عَدْلٌ فيَّ قضاؤُك أسألُك بكلِّ اسمٍ هو لك سميتَ به نفسَك أوْ علَّمْتَه أحدًا مِنْخلقِك أو أنزلته في كتابِك أو استأثرتَ به في علمِ الغيبِ عندَك أنْ تجعلَ القرآنَ ربيعَ قلبي ونورَ صدري وجلاءَ حُزني وذهابَ هَمِّي إلا أذهب اللهُ همَّه وحُزْنَه وأبدله مكانه فَرَحا قال : فقيل : يا رسولَ اللهِ ألانتعلمُها فقال : بلى ينبغي لِمَنْ سمِعها أنْ يتعلمَها

أخرجه الإمامُ أحمد -رحمه اللهفي "مسنده"

މާނައީ: އިމާމް އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި ބަޔާން ކުރައްވާފައިވެއެވެ. ޢަބްދުﷲ ބިން މަސްޢޫދު ރިވާކުރައްވާފައިވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. މީހަކަށް ކަންބޮޑުވުމެއް، ދެރަކަމެއް، ނުވަތަ ހިތާމައެއް ކުރިމަތިވެއްޖެނަމަ މިފަދައިން ކިޔާށެވެ

اَللَّهُمَّ إِنِّيْ عَبْدُكَ، اِبْنُ عَبْدِكَ، اِبْنُ أَمَتِكَ، نَاصِيَتِيْ بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اِسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِيْ كِتَاِبكَ، أَوْ عَلَّمْتَهُ أَحَدًا مِّنْ خَلْقِكَ، أَوْ اسْتَأْثَرْتَ بِهِ فِيْ عِلْمِ الْغَيْبِ عِنْدَك،َ أَنْ تَجْعَلَ الْقُرْآنَ رَبِيْعَ قَلْبِيْ، وَنُوْرَ صَدْرِيْ، وَجَلَاءَ حُزْنِيْ، وَذَهَابَ هَمِّيْ، اَللَّهُمَّ إِنِّيْ أَعُوْذُ بِكَ مِنَ الْهَمِّوَالْحُزْنِ، وَالْعَجْزِ وَالْكَسَلِ، وَالْبُخْلِ وَالْجُبْنِ، وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ. 

މި ދުޢާގެ މާނައަކީ "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މި އަޅާއަކީ އިނބަ އިލާހުގެ އަޅަކީމުއެވެ. އިނބަ އިލާހުގެ ފިރިހެން އަޅެއްގެ ދަރިއަކީމުއެވެ. އިބަ އިލާހުގެ އަންހެން އަޅެއްގެ ދަރިއަކީމުއެވެ. މިއަޅާގެ ލަގަން ވަނީ އިބަ ﷲ ގެ އަތްޕުޅުގައެވެ. އިނބަ ﷲ ގެ ޙުކުމްފުޅު މިއަޅާގެ މައްޗަށް ތަންފީޒުވެގެންވެއެވެ. އިބަ ﷲ ގެ ނިޔާ މިއަޅާ އާއި މެދު ޢަދުލުވެރިވެގެންވެއެވެ. އިބަ ﷲ ގެ އަމިއްލަ ޛާތުފުޅަށް އިނބަ ﷲ ދެއްވާފައިވާ، ނުވަތަ އިނބަ ﷲ ގެ ފޮތުގައި އިނބަ ﷲ ބާވައިލައްވާފައިވާ، ނުވަތަ އިނބަ ﷲ ގެ މަޚްލޫޤުންގެ ތެރެއިން މަޚްލޫޤަކަށް އިނބަ ﷲ އުނގަންނަވައިދެއްވާފައިވާ، ނުވަތަ އިނބަ ﷲ ގެ ޙަޟްރަތުން ޣައިބުގެ ޢިލްމުގައި އިނބަ ﷲ ޚާއްސަ ކުރައްވާފައިވާ އިނބަ ﷲ ގެ ހުރިހާ އިސްމުފުޅުތަކެއް މެދުވެރިކޮށް، މިއަޅާގެ ހިތުގެ ބަހާރުކަމުގައްޔާއި، މިއަޅާގެ ހިތުގެ ނޫރުކަމުގައްޔާއި، މިއަޅާގެ ހިތާމަ ފިއްލަވައިދޭ ޒަރިއްޔާ ކަމުގައްޔާއި، އަދި މިއަޅާގެ ފިކުރު ބޮޑުކުރުން ދުރުކޮށްދޭ ޒަރިއްޔާ ކަމުގައި ޤުރްއާން ލައްވައިދެއްވުމަށް އިނބަ ﷲ ގެ ޙަޟްރަތުގައި އެދި ދަންނަވަމެވެ. " 

ޤުރްއާނުން އަހަރެމެންނަށް އުނގަންނައިދެނީ، ހިތާމައެއް ނުވަތަ ހުޒުނެއް ކުރިމަތިވެއްޖެނަމަ، ދުނިޔަވީ އެންމެހައި ކަންކަމުން އެއްކިބާވެ، ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ނަމާދުގެ ޒަރީޢާއިން ރުޖޫޢަވުމަށެވެ. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އަމުރުކުރެއްވި ކަމެކެވެ. އެކަލޭގެފާނަށް ހިތާމައެއް ކުރިމަތިވެއްޖެ ހިނދެއްގައި، ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނަށް ދެކަމެއް އަމުރުކުރެއްވިއެވެ. 

އެއީ ތަސްބީޙަކިޔުމާއި ނަމާދުކުރުމެވެ. ނަމާދަކީ ހިތުގެ އަރާމާއި ހިތްހަމަޖެހުމުގެ ވަސީލަތެކެވެ. 

ޙިޖްރު ސޫރަތުގެ 97 އަދި 98 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ ﴿٩٧﴾‏ فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ ٱلسَّٰجِدِينَ ﴿٩٨﴾‏

މާނައީ: "ހަމަކަށަވަރުން، އެއުރެން ބުނާ ބުނުމުން ކަލޭގެފާނުގެ ހިތްޕުޅު ދަތިވާކަން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. (97) ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް حمد އާއެކު تسبيح ވިދާޅުވާށެވެ! އަދި سجدة ކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ! (98)" 

އަދި ވަރަށް މުހިންމު ނަސޭހަތެއްގެ ގޮތުން، މީސްތަކުންގެ ރިޒުޤުތަކަށް ޙަސަދަވެރިނުވުމަށާއި، އިންސާނުންނާމެދު ރުޅިވެރިނުވުމަށް އިރުޝާދު ދެއްވާފައިވެއެވެ. އެހެނީ ރުޅިވެރިކަމާއި ޙަސަދަވެރިކަމުން ހިތުގައި ދަތިކަމާއި ހިތާމަ އުފެދޭނެތީއެވެ.

 

- ޝައިޚް ފަހުދު އަލްކަންދަރީ 

 

 

                   

                   

 

 

 

 

 

މިއަދު އޮންލައިން