ނުނިދެނީ ސިޙުރަކުން ކަމަށް ޤަބޫލުކުރެވޭނަމަ ނިދަން އޮށޯންނަމުން ނިކަން މި ތިން އާޔަތް ކިޔަވައިލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 2ސ
ނުނިދެނީ ސިޙުރަކުން ކަމަށް ޤަބޫލުކުރެވޭނަމަ ނިދަން އޮށޯންނަމުން ނިކަން މި ތިން އާޔަތް ކިޔަވައިލަބަލަ!

ނިދަން އުނދަގޫވަނީ ސިޙުރަކުން ކަމަށް ޤަބޫލުކުރެވޭނަމަ ނިދަން އޮށޯންނަމުން ތިރީގައި މި ބަޔާންކުރާ 3 އާޔަތް ކިޔައވައިލަބަލާށެވެ. ޝިފާ ދެއްވެވުން އެދިގެން ދުޢާކުރާ ޙާލުގައެވެ!  

11﴾ إِذْ يُغَشِّيكُمُ النُّعَاسَ أَمَنَةً مِّنْهُ وَيُنَزِّلُ عَلَيْكُم مِّنَ السَّمَاءِ مَاءً لِّيُطَهِّرَكُم بِهِ وَيُذْهِبَ عَنكُمْ رِجْزَ الشَّيْطَانِ وَلِيَرْبِطَ عَلَىٰ قُلُوبِكُمْ وَيُثَبِّتَ بِهِ الْأَقْدَامَ

[الأنفال:11] 

މާނައީ: އެކަލާނގެ ޙަޟްރަތުން އައި އަމާންކަމެއްގެ ގޮތުގައި ނިދިޖެހުން ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވައި، އަދި އެކަލާނގެ ތިޔަބައިމީހުން ޠާހިރު ކުރެއްވުމަށާއި، ޝައިޠާނާގެ ވަސްވާސް ތިޔަބައިމީހުންގެ ކިބައިން ފިއްލެވުމަށާއި، ތިޔަބައިމީހުންގެ ހިތްތަކަށް ގަދަކަން ދެއްވުމަށާއި، (ތިޔަބައިމީހުންގެ) ފައިތިލަތައް ސާބިތު ކުރެއްވުމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް އުޑުން ފެން ބާވައިލެއްވިހިނދު، ހަނދުމަކުރާށެވެ"! 

وَهُوَ الَّذِي جَعَلَ لَكُمُ اللَّيْلَ لِبَاسًا وَالنَّوْمَ سُبَاتًا وَجَعَلَ النَّهَارَ نُشُورًا

[الفرقان: 47] 

މާނައީ: "އެކަލާނގެއީ، ރޭގަނޑު ނިވަލެއްކަމުގައި، އަދި ނިދުމަކީ އަރާމެއްކަމުގައި ލައްވައި، އަދި ދުވާލަކީ، ދިރިއުޅުން ހޯދުމަށް އުޅޭވަގުތެއްކަމުގައި ލެއްވި ރަސްކަލާނގެއެވެ."  

اللَّهُ الَّذِي جَعَلَ لَكُمُ اللَّيْلَ لِتَسْكُنُوا فِيهِ وَالنَّهَارَ مُبْصِرًا ۚ إِنَّ اللَّهَ لَذُو فَضْلٍ عَلَى النَّاسِ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَشْكُرُونَ

[غافر:61] 

މާނައީ: " އީ، ތިޔަބައިމީހުން، އެރޭގަނޑުގައި ހަމަހިމޭންވުމަށް، ތިޔަބައިމީހުންނަށްޓަކައި ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ތިޔަބައިމީހުން ދިރިއުޅުމުގެ މަސައްކަތްކުރުމަށް) ދުވާލު އަލިކޮށްދެއްވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ އީ، މީސްތަކުންގެ މައްޗަށް ފަޟްލުވަންތަވެރި ރަސްކަލާނގެކަން ކަށަވަރެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން ޝުކުރެއް ނުކުރެތެވެ." 

ކީރިތި ޤުރްއާނުން ޝިފާ ނުލިބޭނެ ކަމެއް ނެތެވެ. ޝިފާ ލިބުން މާނަކުރަންވީ ހަމައެކަނި ބޮޑެތި ބަލިތަކުން ޝިފާ ލިބުމަކަށް ނޫނެވެ. ނިދަން މަސައްކަތްކުރުމުން ނުނިދޭނަމަ އެއީވެސް ބައްޔެކެވެ! ތަޖުރިބާގެ ޢަލީގައި ބައެއް ޢިލްމްވެރިން މިފަދަ ޢާޔަތްތައް ކިޔަވަން ވިދާޅުވެއެވެ. އަދި ނުނިދޭނަމަ ވީހައި ގިނައިން ޤުރްޢާން ކިޔެވުމަށްވެސް ވިދާޅުވެއެވެ. ކެރިހުރި މިންވަރަކުން ޢަމަލުކުރީމާ ފައިދާކުރާނެއެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން