ބެލުންތައް ތިރިކުރަން އޮތްފަދައިން އަޢުރަ ނިވާކުރަންވެސް އެބައޮތް! ނިވާނުކުރާނަމަ ތިމާއަކީ މާތް ﷲ އަށް ކިޔަމަންތެރިއަކަށް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 1ސ
ބެލުންތައް ތިރިކުރަން އޮތްފަދައިން އަޢުރަ ނިވާކުރަންވެސް އެބައޮތް! ނިވާނުކުރާނަމަ ތިމާއަކީ މާތް ﷲ އަށް ކިޔަމަންތެރިއަކަށް ނުވެވޭނެ!

ޝަރީޢަތުގައި އައިސްފައިވާ ގޮތުން އަޞްލަކީ ހިލޭ އަންހެނުންނާއި ދިމާލަށް ނުބެލުމެވެ. އަދި ލޯތައް ތިރި ކޮށް، އަންހެން ކުދިންގެ ޞޫރަ އަށާއި ޢައުރަ އަށް ބެލުމުން ހިތް ތަޣައްޔަރު ނުކޮށް ހިފެހެއްޓުމާއި، ދެޖިންސުގެ މީހުން މުޢާމަލާތް ކުރުމުގައި ޢިއްފަތްތެރިކަމާއި ލަދުވެތިކަން ގެންގުޅުމަކީ އިސްލާމްދީން ބާރުއަޅާ ގޮތެވެ. 

މިއާއި އެކުގައި މީސްތަކުންގެ ޙާލަތުތައް ހުންނާނެ ގޮތާއި މެދު އިސްލާމްދީން ވަރަށް ބޮޑަށް ރިޢާޔަތްކޮށްފައިވެއެވެ. އަދި ދެޖިންސުގެ މީހުން އެއްބަޔަކު އަނެއްބަޔެއްގެ ކިބައިން ބޭނުންވާ ކަންތައްތައް ކުރުމުގައި ގެންގުޅެންޖެހޭ ގޮތްތައް ވަނީ ބަޔާންކޮށްދެއްވާފައެވެ. ހިލޭ އަންހެނުންނަށް ބެލުމާއި ބެހޭ ގޮތުން ވާހަކަ ދައްކާއިރުގައި ބުރުގާ އަޅާ ނިވާކޮށްގެން ތިބޭ އަންހެނުންނާއި ބުރުގާ ނާޅާ ބަރަހަނާކޮށް ތިބޭ މީހުން ތަފާތު ކުރަން ޖެހެއެވެ. 

ބުރުގާ ނާޅާ ތިބޭމީހުން އެތިބެނީ އެކަނބަލުންގެ ޢައުރަ ކަމުގައިވާ އިސްތަށިގަނޑާއި ކަރާއި އަދި މީނުންވެސް އެކަނަލުންގެ ޢައުރައިގެ އެއްބައި ކަޝްފުކޮށްގެން ނުވަތަ ދައްކައިގެންނެވެ. އަންހެން ކަނބަލުންގެ ޒީނަތްތެރިކަމުގެ ގުނަވަންތަކަށާއި، ޢައުރަ އަށް ނުބެލުމަށް އިސްލާމްދީންވަނީ ގޮވާލާފައެވެ. ނޫރު ސޫރަތުގެ 30 އަދި 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ.

(قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّـهَ خَبِيرٌ بِمَا يَصْنَعُونَ ﴿٣٠﴾وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّـهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴿٣١﴾) 

މާނައަކީ: "مؤمنފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެفرجތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތްއެއުރެންނަށްޓަކައި، طاهرކަން ބޮޑެވެ. ހަމަކަށަވަރުން، اللَّهއީ،އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި مؤمنއަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި،އެކަނބަލުންގެ فرجތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދިއެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތައެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް،ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخންނަށް، ނުވަތައެކަނބަލުންގެ أخންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أختންގެފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް،ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތައަންހެނުންގެ عورةތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން(ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمنންނޭވެ! ތިޔަބައިމީހުންއެންމެން اللَّهއަށް توبةވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيبލިބުމަށްޓަކައެވެ". 

ހިލޭ އަންހެނުންނށް ނުބެލުމަށާއި ލޯތައް ތިރި ކުރުމަށް މި އާޔަތް ތަކުގައި ވަރަށް ޞަރީޙަކޮށް ވަނީ އަންގަވާފައެވެ. އެހެންކަމުން، ﷲ ސުބްޙާނަހޫ ވަތަޢާލާ ކަނޑައަޅުއްވާފައިވާ ޙައްދުން ބޭރުވެގެން ނުވާނެއެވެ. ބައެއް މީހުން ފެޝަން އަންހެނުން ކުދިންނާއި އެކުގައި މަޖްލިސްތަކުގައި އިށީނދެތިބެ، ހީނސަމާސާކޮށް ހަދާތަން ފެނެއެވެ. ނަމަވެސް މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މީގެ ސަބަބުން އަންހެން ކުދިންނަށް ލިބިދާނެ ގެއްލުމަކުން އެކުދިން ރައްކާތެރިކޮށް ދިނުމަށްޓަކައި މިފަދަ ކަންތަކުން ދުރުހެލި ވުމަށް ވަނީ އަންގަވާފައެވެ. މިފަދަ މީހުން ދަންނަން ޖެހޭނެ އަނެއްކަމަކީ ފާޅުގައި ﷲ ގެ ޙުކުމްތައް ނަގާލާ އެޙުކުމްތަކަށް ގޮންޖެހުމާއި، ﷲ ގެ އާޔަތްތަކާއި ޙުކުމްތަކަށް ހިތުހުރި ގޮތެއް ހެދުމަކީ ވަރަށް ނުބައިކަން ބޮޑު ކަމެއް ކަމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަޑުމެން އެންމެން މިފަދަ ނުބައި ނުރައްކާތެރި ކަމުން ސަލާމަތްކޮށްދެއްވާށިއެވެ. އާމީން. 

އިބްނުލް ގައްޠާނުލް ފާސީ އޭ ކިޔުނު ބޭކަލަކު ވިދާޅުވިއެވެ.: 

"ހިލޭއަންހެނެއްގެ މޫނާއި ދެއަތްތިލަ އާއި ފައިތިލަ އަށް ފިޔަވާ އެހެން އެއްވެސް ތަނަކަށް ބެލުމަކީ ހުއްދަ ނޫންކަމެއް ކަމާއި، އަދި އަންހެނުންގެ ބަނޑަށާއި، މޭމައްޗަށް އަދި ކަރުވަޅަށާއި އިސްތަށިގަނޑަށް ބެލުމަކީ ޙަރާމް ކަމެއް ކަމާއި މެދުގައި ކުޑަވެސް ޝައްކެއް ނެތެވެ. މިކަމާއި މެދުގައި ޚިލާފުވާ އެއްވެސް ޢިލްމުވެރިޔަކު ނުވެއެވެ". 

އިމާމް ނަވަވީ-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ." 

"ވިޔަފާރި ކުރުމާއި، ހެކިބަސްދިނުން ފަދަ ޟަރޫރީ ޙާޖަތެއްގައި އަންހެނަކާއި ދިމާލަށް ބެލުން ހުއްދަވެގެންވެއެވެ. އެހެންނަމަވެސް، މި ޙާލަތުގައިވެސް ޝަހްވަތާއި އެކު ބެލުން ހުއްދަވެގެންނެއް ނުވެއެވެ". والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން