ރަސޫލް ޞައްލަﷲ ޢަލަހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ.
"اَسْتَغْفِرُ اللهَ الْعَظِیْمَ الَّذِیْ لَا اِلٰهَ اِلَّا ھُوَ الْحَیُّ الْقَیُّوْمُ وَ اَتُوْبُ اِلَیْهِ۔
މިފަދައިން ކިޔައިފި މީހަކު ﷲ ތަޢާލާގެ މަގުގައި ކުރާ ހަނގުރާމައިގެ މައިދާން ދޫކޮށްފައިވީނަމަވެސް އެމީހެއްގެ ފާފަ ﷲ ތަޢާލާ ފުއްސަވައދެއްވަވާނެތެވެ."
(އައްތިރްމިޛީ: 3577)
މީސްތަކުންނޭވެ! ﷲ ތަޢާލާގެ މަގުގައި ކުރާ ހަނގުރާމައެއްގެ މައިދާން ދޫކޮށް ފިލައިގެން ދިއުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އެންމެ ބޮޑެތި ފާފަތަކުގެތެރެއިން ހިމެނިގެންވާ ފާފައެކެވެ. ވީމާ މިޙަދީޘްފުޅުން އެނގިގެން މިދަނީ މިފަދައިން ޛިކުރުކޮށްފި މީހަކަށް ކިތަންމެ ބޮޑު ފާފައެއް ކުރެވިފައިވީނަމަވެސް އެމީހެއްގެ ފާފަ ފުއްސަވައި ދެއްވަވާނެ ކަމެވެ.
The Prophet ﷺ say:
‘Whoever says:
“I seek forgiveness from Allah, the Magnificent, whom there is none worthy of worship but Him, the Living, Al-Qayyum, and I repent to him,” (Astaghfirullāhal-`Aẓīm alladhī lā ilāha illā huwal-Ḥayyul-Qayyūmu wa atūbu ilaih) then Allah will forgive him, even if he fled from battle”
Sahih At-Tirmithi: 3577
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން