އަހުރެންގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެން އެބަ ދުޢާކުރަމެވެ. ފާފަ ފުއްސަވައި ދެއްވެވިކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އަހުރެންގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެން އެބަ ދުޢާކުރަމެވެ. ފާފަ ފުއްސަވައި ދެއްވެވިކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟: މުފްތީ މެންކް

އަހުރެންގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެން އެބަ ދުޢާކުރަމެވެ. ފާފަ ފުއްސަވައި ދެއްވެވިކަން އެނގޭނީ ކިހިނަކުން ހެއްޔެވެ؟ މިއީ ގިނަ ބައަކު ކުރާ ސުވާލެކެވެ! ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.  

އަހުރެން ބުނާނީ ކުރެވޭ ހުރިހާ ފާފަތަކެއް ކުރުން ހުއްޓައިނުލެވި ފާފަކުރެވޭވަރު މަދުކުރެވުނަސް އެއީ ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން އިތުރުވަމުން އަންނަ ކަމުގެ ޢަލާމާތެއް ކަމަށެވެ. ހުރިހާ ފާފަތަކެއް ކުރުން ހުއްޓައިނުލެވޭތީ މާޔޫސްވެ ފަހަތަށް ނުޖެހޭށެވެ! ތައުބާވެ ދުޢާކުރަމުން ގެންދާށެވެ! އެއްވެސް ފާފައެއް ނުކޮށް ހުންނަން ހިތްވަރު ލިބޭނެއެވެ. އިން ޝާ ﷲ  

ހުރިހާ ފަރުޟް ނަމާދުތައް ނުކުރެވޭ މީހުންނަށް ބުނެލަން އޮތީ އިތުރުކުރަން މަސައްކަތްކުރާށެވެ! 5 ނަމާދުކުރަން ފެށޭނެއެވެ. ފަރުޟް ނަމާދުތައް ކުރެވޭ މީހުންނަށް ބުނެލަން އޮތީ ސުންނަތް ނަމާދުތައް ކުރުން ގިނަކުރަން މަސައްކަތްކުރާށެވެ! ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ  

ޔަޤީންކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތަށް ކުއްތަންވުމަށް މީހަކު މަސައްކަތްކުރާނަމަ އެއަށްވުރެ މާބާރަށް އެމީހަކާއި ކައިރިވެވަޑައިގަތުމަށް ﷲ ތަޢާލާ އެމީހަކާއިދިމާއަށް ވޮޑިގަންނަވަތެވެ. ވީމާ ފާފަނުކުރުމަށާއި ތަްްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް އެކަންކަން ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން