އަހުރެމެންނަށް ތަސްބީޙް މިކިޔެނީ ފުދޭވަރާ ގާތަކަށް ކަމަށް ހީކުރެވެން އެބައޮތްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އަހުރެމެންނަށް ތަސްބީޙް މިކިޔެނީ ފުދޭވަރާ ގާތަކަށް ކަމަށް ހީކުރެވެން އެބައޮތްތަ؟

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހުރެމެންނަށް ދަސްކޮށްދެއްވެވީ ހަމައެކަނި ވަރަށް ބޮޑަށް ބުރައުފުލައިގެން ކުރެވޭ އަޅުކަމެއް ނޫނެވެ. ވަރަށް ލުއި ފަސޭހައިން ވަރަށް ގިނަ ޘަވާބު ހޯދޭނެ ކަންކަންވެސް ވަނީ ދަސްކޮށް ދެއްވަވައިފައެވެ. 

އެގޮތުން ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ބުނެލާނަމެވެ. އެއީ ސުބްހާނަﷲ 100 ފަހަރު ކިޔުމެވެ. އެއިރުން 1000 ޘަވާބު ހޯދުނީއެވެ. އިން ޝާ ﷲ މިއީ އާދައިގެ ދުވަސްތަކުގައެވެ. ރަމަޟާން މަހުގައާއި ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަހު ކިޔައިފިނަމަ އެތައް ގުނައަކަށް އިތުރުކުރައްވަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ 

އެނގޭހެއްޔެވެ؟ އަބޫހުރައިރަތުގެފާނު ދުވާލަކު 12000 ފަހަރު ތަސްބީޙް ވިދާޅުވެއެވެ. މިހިރަ ފެންނަނީ ޘަވާބު އިތުރުކުރައްވަވަން އެބޭކަލުން ސަމާލުކަން ދެއްވެވި މިންވަރެވެ. މިއަދު އަހުރެމެންނަށް އެކަންކުރެވޭ މިންވަރު ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. 

އަހަރުގެ އެންމެ ފައިދާހުރި ދުވަސްތައް ފާއިތުވަމުންދާއިރު އެދުވަސްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން މަސައްކަތްކުރާ ބައަކަށްވާން ގަދައަޅައި މަސައްކަތްކުރާށެވެ! ވީހާގިނަ ޘަވާބުތައް ހިފައިގެން އާޚިރަތަށްދާން ގަދައަޅައި މަސައްކަތްކުރާށެވެ! ބައްދަލުކޮށްފައި މިވާ ދުވަސްތަކުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން ހިތްވަރު އިތުރުކުރާށެވެ!

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން