އަހުރެންނާ ބައްދަލުވި ސިޙުރުހަދައި އުޅުނު އަންހެނަކު އިސްލާމްވެ ޤުރްއާނުން ހިތްހަމަޖެހުން ހޯދުމާ ބަޤަރާ ސޫރަތާ ހުރި ގުޅުން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
އަހުރެންނާ ބައްދަލުވި ސިޙުރުހަދައި އުޅުނު އަންހެނަކު އިސްލާމްވެ ޤުރްއާނުން ހިތްހަމަޖެހުން ހޯދުމާ ބަޤަރާ ސޫރަތާ ހުރި ގުޅުން-: މުފްތީ މެންކް

ދާދިފަހުން އަހުރެންނާއި ބައްދަލުވި އެކަކީ ކުރިން ސިޙުރުހަދައި އުޅުނު އަންހެނެކެވެ. މިހާރު މުސްލިމެކެވެ. އޭނާބުނީ ޤުރްއާނުން އޭނާއަށް ހިތްހަމަޖެހުން ލިބޭކަމަށެވެ. ޚާއްޞަކޮށް ބަޤަރާ ސޫރަތް އޭނާ ފާހަގަކުރިއެވެ.

ބަޤަރާ ސޫރަތާއިމެދު އެހެން އެބުނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ހަދާ ސިޙުރު އެސޫރަތް ހުއްޓުވާތީއެވެ. އެސޫރަތުން ސިޙުރަށް ޝިފާލިބޭތީއެވެ. އޭނާ ސިޙުރުހަދާފައި ޖައްސުވަން ފޮނުވާ ޖިންނިންނަށް އެސޫރަތް ކިޔަވާ ގެއަކަށް ވައިވެސް ނުއެޅެވޭތީއެވެ. އެހައިވެސް ޤުރްޢާނުގެ ބާރުގަދަވީމައެވެ. 

ސިޙުރުވެރި އަންހެނަކަށް އެކަންކަން ޤަބޫލުކުރެވި އިސްލާމްވީއެވެ. ޤުރްއާނުން ހިތްހަމަޖެހުން ހޯދަމުން ގެންދަނީއެވެ. އަހުރެމެންނަކީ ކީރި ޤުރްޢާން ޤަބޫލުކޮށްގެން ތިބި މީހުންނެވެ. އެހިތްހަމަޖެހުން އަހުރެމެންނަށް ނުލިބިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ 

މީސްތަކުންނޭވެ! ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ދުވާލަކު އެންމެ އާޔަތެއް ނަމަވެސް ހިތުދަސްކުރަން މަސައްކަތްކުރާށެވެ! އެމީހަކަށް ހިތްހަމަޖެހުމާއި ކާމިޔާބު ލިބޭނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކްގެ ދަރުސަކުން   

 

މިއަދު އޮންލައިން