ކިތަންމެ ކުޑަ ފާފައެއް ކުރެވުނަސް ޤިޔާމަތް ދުވަހު އެކަން ދައްކަވާނެ ކަމަށް އޮތުމަކީ ކުރެވޭހައި ފާފަތަކަށް ޢަޛާބް ދެއްވެވުމެއް ނޫން! ﷲ ތަޢާލާގެ ދީލަތިވަންތަކަން މާބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކިތަންމެ ކުޑަ ފާފައެއް ކުރެވުނަސް ޤިޔާމަތް ދުވަހު އެކަން ދައްކަވާނެ ކަމަށް އޮތުމަކީ ކުރެވޭހައި ފާފަތަކަށް ޢަޛާބް ދެއްވެވުމެއް ނޫން! ﷲ ތަޢާލާގެ ދީލަތިވަންތަކަން މާބޮޑު!

ޒައްރެއްގެ މިންވަރުވެސް ކުށެއްކޮށްފި މީހާ އެކަން ދެކޭނެކަމަށް އޮތް ބަސްފުޅުގެ މާނައަކީ ތައުބާވިޔަސް ޤިޔާމަތް ދުވަހުން ހުރިހާ ކުށަކަށް އަޛާބު ލިބުން ކަމަށް ހީކުރާ ބައަކު އުޅެއެވެ. ޙަޤީޤަތުގައި މިވަސްވާސަކީ ސީދާ ޝައިޠޯނާގެ ކިބައިން ލިބޭ ވަސްވާސްތަކެވެ. އޭތި މަސައްކަތް އެކުރަނީ މީހާ މާޔޫސްކުރުވައިގެން ފާފަކުރުންމަތީގައި ދެމެހެއްޓުވުމަށެވެ. 

މިފަދަ މައްސަލަތައް އޮޅުންފިލުއްވައިދެއްވަމުން ބިލާލް އައްސަދު ވިދާޅުވެފައިވެއެވެ. 

"ބައެއް މީހުންނަށް އެމީހުން ކުޅަ ނަބައި ޢަމަލުތައް ދައްކަވަމުން ގެންދަވާނެތެވެ. އެއީ އޭނާ ކުޅަފާފަތޯވެސް ސުވާލުކުރައްވަވާނެތެވެ. އެމީހާ އިޢްރތިރާފަމުން ގެންދާނެތެވެ. އެހެންދަމުން ގޮސް އެމީހާއަށް ކުރެވިފައިވާ ފާފަތައް ގިނަކަމުން ތިމާއަށް ސުވަރުގެ ނުވަދެވޭނެ ކަމުގެ ބިރު ހީވެ ތުރުތުރުއަޅާ ހިސާބަށް ދާނެއެވެ. އެހިނދު އޭނާގެ އެހުރިހާ ފާފަތައް ﷲ ތަޢާލާ އޭނާގެ ފަތުން ފުއްސަވައިލަ ދެއްވަވާނެތެވެ." 

ޛައްރެއްގެ މިންވަރުވެސް ކުށެއްކޮށްފި މީހާ އެކަން ދެކޭނެއެވެ. މީގެ މާނައަކީ ކޮންމެ މީހަކުވެސް އެމީހަކު ދުނިޔޭގައި ކުޅަ ޢަމަލުތައް ގިޔާމަތް ދުވަހުން ދެކޭނެ ކަމެވެ. ހެޔޮ ޢަމަލުތައް ކުރުމުން ކުދިފާފަތައް ފުއްވައި ދެއްވަތެވެ. ތައުބާވުމުން ބޮޑެތި ފާފަތައް ފުއްސަވައި ދެއްވަވަތެވެ. 

މިޘާލަކަށް ބުނާނަމަ ވުޟޫކުރާއިރު އޮހޮރޭ ފެނާއިއެކު ﷲާފަތައް ފުހެވިގެންދެއެވެ. މިސްކިތަސް ނަމާދަށްދާން އަޅާ ފިޔަވަޅުތަކަށް ފާފަތައް ފުއްވައިދެއްވަވަތެވެ. ނަމާދުކުރާއިރު ރުކޫޢާ ސުޖޫދަށް ގުދުވުމުން ފާފަތައް ގައިން ވަކިވެ އޮހޮރިގެންދެއެވެ.  

އަދި އެބަސްފުޅުގެ މާނައަކީ އެއްވެސް ޙާލެއްގައި ފުއްސަވާފައިވާ ފާފަތަކަށް ޢަޛާބު ދެއްވުމެއް ނޫނެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން