ކޮންމެ ޙާލަތަކުންވެސް އަރައިގަންނަން އެންމެ ފަސޭހަވާނީ އެކަމުގެ ވާހަކަ ފުރަތަމަ ﷲ ތަޢާލާގެ ޙަޟްރަތުގަ ދަންނަވާ މީހުންނަށް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކޮންމެ ޙާލަތަކުންވެސް އަރައިގަންނަން އެންމެ ފަސޭހަވާނީ އެކަމުގެ ވާހަކަ ފުރަތަމަ ﷲ ތަޢާލާގެ ޙަޟްރަތުގަ ދަންނަވާ މީހުންނަށް! އިން ޝާ ﷲ

ކަންބޮޑުވާންޖެހޭ ފަދަ ޙާލަތެއް ކުރިމަތިވުމުން އެކަމުގެ ވާހަކަތައް މީސްތަކުންނަށް ކިޔައިދީ އެކަން މެދުވެރިވި ސަބަބު އޮޅުންފިލުވަން އެންމެގާތް އެކުވެރިންނާއިވެސް ސުވާލުނުކުރާށެވެ! އަދި ފާލަބަލާ މީހުންގެ ގާތަށް އަމުދުން ނުދާށެވެ! އެމީހުންނަކަށް އެކަމުގެ ސަބަބެއް ނުއެނގޭނެއެވެ.

ދެން އޮތީ ތިމާގެ ޠަބީޢަތަށް ބަދަލު އައުމެވެ. ތިބާގެ ޠަބީޢަތަށް ބަދަލު އައި ސަބަބު ނުވަތަ ތިބާއަށް ކުރިމަތިވި ކަންކަން ކުރިމަތިވަން މެދުވެރިވި ސަބަބު ތިބާއަށްވުރެ ބޮޑަށް އެހެން މީހަކަށް އެނގޭނެ ކަމަށްވެސް ހީނުކުރާށެވެ!

އެފަދަ ޙާލަތެއް މެދުވެރިވިނަމަވެސް އެއްވެސް މީހަކުގެ ކިބައިން އެހީތެރިކަމަށް ނުއެދޭށެވެ! ތިބާ އުފެއްދެވި އަދި އުފާވެރިކަމާ ހިތްދަތިކަންވެސް މިންވަރުކުރައްވަވާ ﷲ ތަޢާލާއަށް ދަންނަވަމުން ގެންދާށެވެ! ﷲ ތައާލާގެ ޙަޟްރަތުން ވާގިއެދޭށެވެ!

ކޮންމެ ދުވަހަކީ ދިރިއުޅުމުގެ ކަންކަން އެއްގޮތަކަށް ހުންނާނެ ދުވަހެއް ނޫނެވެ. ކޮންމެ ދުވަހަކީ އެއްފެންވަރަކަސް އުފާވެރިކަން ލިބިގެން ހުރެވޭނެ ދުވަހެއްވެސް ނޫނެވެ. ހިތަދަތިކަންވެސް ކުރިމަތިވާނެއެވެ. "މޫޑީ" ދުވަސްތައް އަންނާނެއެވެ. ނެގިމަޑުވެފައި ހުރެވޭ ދުވަސްތައްވެސް ކުރިމަތިވާނެއެވެ.

ތިބާގެ މައްސަލަތައް ޙައްލުކުރައްވަވައި ދެއްވެވޭނީ ހަމަ ﷲ ތަޢާލާއަށެވެ. އެކަން ޤަބޫލުކޮށް ޢަމަލުކުރާމީހާއަށް މަްސަލަތަކާއި ހިތްދަތިކަން މެދުވެރިވުން މަދުވާނެއެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން