ފުރަތަމަވެސް މިބަލައިލަނީ އަނެކާގެ ސިއްރުތައް ބޭޒާރުނުކުރުމުން ލިބެން އޮތް ބޮޑު ފައިދާއަށެވެ! ރަނގަޅަށް އަޑުއަހާށެވެ!
މީސްތަކުންގެ ސިއްރު ދުނިޔޭގައި ފަޟީޙަތް ނުކުރާމީހާގެ ސިއްރުތައް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ސިއްރުކުރައްވަވައި ދެއްވަވާނެތެވެ. އެމީހާއަށް ކުރެވުނު ފާފަތައް މީސްތަކުންނަށް ވަންހަނާކޮށް ދެއްވަވާނެތެވެ. އެމީހާ ކުރި ފާފަތައް ދުނިޔޭގައި މީސްތަކުންނަށް ވަންހަނާކޮށްދެއްވެވި ފަދައިންނެވެ.
ވީމާ މީހަކާއިމެދު ހިތްހަމަނުޖެހުނަސް، ރުޅި އައިނަމަވެސް އެއްވެސް މީހެއްގެ ސިއްރުތައް ވަންހަނާނުކުރާށެވެ. ހަމައެކެއްގެ ގާތުގައިވެސް ނުބުނާށެވެ! ސޯޝަލްމީޑިއާ ފަދަ ވަސީލަތްތކުގައި ނުލިޔާށެވެ! އަދި އެފަދަ ފޮޓޯތައްވެސް ހާމަނުކުރާށެވެ!
ހަމަ އެއާއިއެކު ތިމާއަށް ކުރެވިފައިވާ ފާފައެއްވެސް ހާމަނުކުރާށެވެ! އެއީ އަދި ވަކިން އިތުރަށް ބިރުހުރި ކަމެކެވެ. ފައޫލުގައި ފާފަކުރުމާއި އެމީހަކަށް ކުރެވުނު ފާފަ ﷲ ތަޢާލާ ސިއްރުކުރައްވަވާފައިވަނިކޮށް އަމިއްލައަށް އެކަން ބޭޒާރުކުރާ މީހާގެ ފާފަ ﷲ ތަޢާލާ ފުއްސަވައި ނުދެއްވަވާނެ ކަމަށްވެސް ޙަދީޘްފުޅުގައި އައިސްފައިވެއެވެ.
އެފަދަ މީހުންނަކީ ހަމައެކަނި ﷲާފަކުރާ މީހުންނެއް ނޫނެވެ. ފާފަކުރުން އިޝްތިހާރުކޮށް އެކަންކަން ޢާންމުކޮށް ފަތުރަން މަސައްކަތްކުރާ މީހުންނެވެ. ވީމާ އެއީ އެންމެ ނުބައިކަންބޮޑު މީހުންނެވެ.
އަހުރެމެން ކޮންމެ މީހަކަށްވެސް ފާފަކުރެވޭނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ތައުބާވުމުން ފާފަތައް ފުއްސަވައިދެއްވަވާނެތެވެ. ވީމާ މަސައްކަތްކުރަންވީ ގިނަގިނައިން ތައުބާވާ އަޅަކު ކަމުގައިވުމަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ގުޅުންހުރި ލިޔުމެއް: