ލޫޅާފަތިވާންވެސް އަދި އެހެން ބޭނުމަކު ކަސްރަތުކުރިނަމަވެސް އެންމެ ފައިދާހުރި ގޮތަށް ކަސްރަތު ކުރެވޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 13ސ
ލޫޅާފަތިވާންވެސް އަދި އެހެން ބޭނުމަކު ކަސްރަތުކުރިނަމަވެސް އެންމެ ފައިދާހުރި ގޮތަށް ކަސްރަތު ކުރެވޭނެ ގޮތް-

ފުރަތަމަ ކަމަކަސްވެސް ބުނެލަން އޮތީ ރަނގަޅު ގޮތުގައި ކުރެވޭނަމަ ކަސްރަތަށް ހިނގަމުންވެސް އަދި އެހެން ކަސްރަތެއް ކުރިނަމަވެސް އެކަމެއް ކުރަމުން ވީހާ ގިނައިން ޛިކުރުކުރަންވީއެވެ.

ޚާއްޞަކޮށް ކަސްރަތަށް ހިނގުމަކީ ޛިކުރުކުރަން ލިބޭ ވަރަށް ރަނގަޅު ފުރުޞަތެކެވެ. ރަނގަޅު ގޮތުގައި ކުރެވޭނަމަ ކަމަށް ބުނަން މިޖެހެނީ ހިނގާއިރު މީހުންނާ ވާހަކަދައްކަމުން، އެހެން ކަމަށް ޚިޔާލުކުރަމުން ދުލުން ސުބްހާނަﷲ ކިޔުމަކުން އެއީ ޛިކުރުކުރުން ކަމަށް ނުވާނެތީއެވެ. ޛިކުރުކުރަންވާނީ އެކަމަށް ވިސްނުން ބަހައްޓައި އެކަމަށް ސަމާލުކަންވެސް ދީގެންނެވެ. ޛިކުރުކުރުމުގެ ޙަޤީޤީ މާނައަކީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ކަމަށްވާތީއެވެ.    

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ފައިދާކުރާނެ އެތައްކަމެއް ވިސްނިލައްވާނެއެވެ. އިން ޝާ ﷲ  

ދުނިޔޭގެ ޙަޔާތަށް ބެލިނަމަވެސް ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ އެމީހާ ދިރިއުޅޭނެ ގެއަށް ވަންނައިރު އެގެ ވީހައި ފުރިހަމަވެފައިވެއެވެ. ހިތްހަމަޖެހުން ލިބޭނެ ރީތި ބަގީޗާތައް ހައްދައި އެގަސްތަކުން ހިތްހަމަޖެހުން ލިބުމެވެ.  

ސުވަރުގެއަށް ވައްދަވާ އަޅުންގެ ތެރެއިން ދުނިޔޭގައި ތިބެ ސުވަރުގޭގައި ގަސް އިންދި މީހުން  ސުވަރުގެ ވައްދަވާއިރު އެމީހުން އިންދި ގަސްތައް ސުވަރުގޭގައި ހުންނާނެއެވެ. އެމީހެއްގެ ދަނޑު ބޮޑުކުރުމުގެ އިޚްތިޔާރު އޮތީ ހަމަ އެމީހަކަށެވެ. އެމީހެއްގެ ދަނޑުގައި ގަސް އިންދާނެ ވަރެއްވެސް އެނގޭނީ ހަމަ އެމީހަކަށެވެ. އޮތީ އެމީހެއްގެ ހިތްވަރެވެ. 

ސުވަރުގޭގައި ގަސް އިންދުމަކީ ކުރަން ވަރަށް ފަސޭހަކަމެއްކަން މި ޙަދީޘްފުޅުން އެބައެނގެއެވެ.  

Hadith on Praise: Whoever praises Allah will be given a tree in Paradise each time

Jabir reported: The Prophet, peace and blessings be upon him, said, “Whoever declares the glory of Allah and his praise will have a palm tree planted for him in Paradise.”

Source: Sunan al-Tirmidhī 3464

Grade: Sahih (authentic) according to At-Tirmidhi 

عَنْ جَابِرٍ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ قَالَ سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ غُرِسَتْ لَهُ نَخْلَةٌ فِي الْجَنَّةِ

3464 سنن الترمذي كتاب الدعوات باب ما جاء في فضل التسبيح والتكبير والتهليل والتحميد

قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ غَرِيبٌ صَحِيحٌ 

سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ 

މިޙަދީޘްފުޅުން މިއެނގެނީ سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ މި ފަދައިން ކިޔައިފިމީހަކަށްޓަކައި ﷲ ތައާލާ ސުވަރުގޭގައި ގަހެއް އިންދަވައި ދެއްވަވާނެ ކަމެވެ. މި 4 ކަލިމަ، އަވަސްއަރުވާނުލައި މިނިޓެއްގެ ތެރޭގައި ރިވެތިކޮށް 30 ފަހަރު ކިޔޭނެއެވެ. 10 މިނިޓުން 300 ފަހަރު ކިޔޭނެއެވެ. 40 މިނިޓް އިޚްލާޞްތެރިކަމާއިއެކު މިކަމަށް ހޭދަކޮށްލައިފިނަމަ އެމީހަކަށްޓަކައި ﷲ ތަޢާލާ ސުވަރުގޭގައި  1200 ގަސް އިންދަވައިދެއްވަވާނެތެވެ. އެއްފަހަރާ 40 މިނިޓް ހޭދަ ނުކޮށް ދުވާލުގެ ވަގުތުތަކަށް ބަހާލައިގެންވެސް މިކަން ކުރެވިދާނެއެވެ.  

މިއީ ޢާންމު ދިރިއުޅުމުގައި ވަރަށް ފަސޭހައިން ކުރެވިދާނެ މަތިވެރި އަޅުކަމެކެވެ. ކަސްރަތަށް ހިނގައިލާ މީހުން ކަސްރަތަށް ހިނގާއިރު ބޭކާރު ކަންކަމަށް ފިކުރުކުރުމުގެ ބަދަލުގައި މި ފަދަ މަތިވެރި ކަލިމަތައް ކިޔައިލާނަމަ އިތުރު ތަކްލީފަކާއި ނުލައި މަންފާ ލިބެމުންދާނެ މިންވަރާއިމެދު ވިސްނައިލަމާ ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން