މުޖުތަމަޢުގަ ހުރި ނުރަނގަޅު ކަންކަން އިޞްލާޙްކުރަން މުދިންމުންގެ ދައުރު އިތުރުކުރަންޖެހޭކަން ގިނަ ބައަކު ފާހަގަކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
މުޖުތަމަޢުގަ ހުރި ނުރަނގަޅު ކަންކަން އިޞްލާޙްކުރަން މުދިންމުންގެ ދައުރު އިތުރުކުރަންޖެހޭކަން ގިނަ ބައަކު ފާހަގަކުރޭ!

މުޖުތަމަޢުގައި މިހާރުވެސް ވަރަށް ގިނަ ނުރަނގަޅު ކަންތައްތަކެއް ހުރުމުންނާއި އަދި އެކަންކަން އިތުރުވަމުން އަންނާތީ މިކަންކަން ޙައްލުކުރަން ކުރަންޖެހޭ މަސައްކަތުގައި މުދިމުންގެ ދައުރު މިހާރަށްވުރެ ބޮޑުކުރަންޖެހޭކަން ގިނަ ބައަކު ފާހަގަކުރެއެވެ. 

އެގޮތުން މުދިމުންނަކީ ހަމައެކަނި އިމާވެ ނަމާދުކުރާ ބައަކަށްވުމުގެ އިތުރުން ނަމާދަށްފަހު މީހުންނާއި ބައްދަލުކޮށް ނަޞީޙަތްދޭ ބައަކަށްވުމަށް އެދެއެވެ. ދަރުސްދެވޭ ފެންވަރުގެ އިމާމުން ދަރުސް ދިނުމަށްވެސް އެދެއެވެ. 

މިކަމަކީ އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަރަށް ބޮޑަށް ބާރުއަޅުައްވަމުން ގެންދަވާ ކަމެއްކަންވެސް ފާހަގަކުރަންޖެހެއެވެ. މިހާރުވެސް ތަފާތު މުނާޞަބަތުތަކުގައި އިމާމުންނާއި ބައްދަލުކުރައްވައި ޑރ. ޝަހީމް ވަނީ އެކަމަށް ވަރަށް ބޮޑަށް އެދިވަޑައިގެންފައެވެ. 

މުދިމުންނަކީ ކޮންމެ ދުވަހަކު ގިނަ ބައަކާއި ބައްދަލުވާ ބައެކެވެ. ކޮންމެ ނަމާދަކަށްފަހުވެސް ގިނަ ބައަކާއި ބައްދަލުވާ ބައެކެވެ. އެހެންކަމުން މިފަދަ މަސައްކަތެއް ކުރަން އިމާމުންނަށް ވަރަށް ފަސޭހަވެގެންދާނެ ކަމަށް ޤަބޫލުކުރެވެއެވެ. 

މީގެ އިތުރުން އިމާމުންނަކީ ސުންނަތް ރޯދަހިފާ ބައަކަށްވެ ނަމޫނާ ދެއްކުމަށްވެސް ގިނަ ބައަކު އެދެއެވެ. އެއީ ގިނަ ބައަކަށް ސުންނަތް ރޯދަ ހިފަން ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމެއްކަމަށްވެސް ދެކެއެވެ. އަދި މިހާރުވެސް ސުންނަތް ރޯދަހިފާ އިމާމުން ތިބި މިސްކިތްތަކަށް ގޮސްއުޅޭ މީހުންގެ ކިބައިން ހެޔޮ ބަދަލުތައް ފެންނަކަންވެސް ގިނަ ބައަކު ފާހަގަކުރެއެވެ.

މިއަދު އޮންލައިން