ހަނދުމަކޮށްދިނުމެއް! ﷲ އަށް އެންމެ ލޮބުވެތިވެގެންވާ 4 ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 8މ 10ސ
ހަނދުމަކޮށްދިނުމެއް! ﷲ އަށް އެންމެ ލޮބުވެތިވެގެންވާ 4 ޢަމަލު-

الحديث السادس والثلاثون:

عَنْ أَبِي هُريرَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ قَالَ: ((مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللَّهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ.

وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللَّهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ.

وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللَّهُ فِي الدُّنْيَا وَالآخِرَةِ.

وَاللَّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ.

وَمَنْ سَلَكَ طَرِيقًا يَلْتَمِسُ فِيهِ عِلْمًا، سَهَّلَ اللَّهُ لَهُ بِهِ طَرِيقًا إِلَى الْجَنَّةِ.

وَمَا اجْتَمَعَ قَومٌ فِي بَيْتٍ مِنْ بُيُوتِ اللَّهِ يَتْلُونَ كِتَابَ اللَّهِ، وَيَتَدَارَسُونَهُ بَيْنَهُمْ، إِلاَّ نَزَلَتْ عَلَيْهِمُ السَّكِينَةُ، وَغَشِيَتْهُمُ الرَّحْمَةُ، وَحَفَّتْهُمُ الْمَلاَئِكَةُ، وَذَكَرَهُمُ اللَّهُ فِيمَنْ عِنْدَهُ.

وَمَنْ بَطَّأَ بِهِ عَمَلُهُ، لَمْ يُسْرِعْ بِهِ نَسَبُهُ.))

[رَوَاهُ مُسْلِمٌ بِهَذَا اللَّفْظِ]

މާނައީ: އަބޫ ހުރައިރާ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ޙަދީޘްކުރެއްވިއެވެ.

"ދުނިޔަވީ ދަތިކަމުގެ ތެރެއިން ދަތިކަމެއް، މުއުމިނެއްގެ ކިބައިން ފިލުވައިދީފިމީހާ ދަންނައެވެ. ޤިޔާމަތް ދުވަހުގެ ދަތިކަމުގެ ތެރެއިން  ދަތިކަމެއް، ﷲ، އެމީހެއްގެ ކިބައިން ފިއްލަވައިދެއްވާނެއެވެ. އަދި އަތްމަތި ދަތިވެފައިވާމީހަކަށް ފަސޭހަކޮށްދީފިމީހާ ދަންނައެވެ. ދުނިޔެއާއި އާޚިރަތުގައިވެސް، ﷲ އެމީހަކަށް ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ ޢައިބެއް ވަންހަނާކޮށްދީފިމީހާ ދަންނައެވެ. ދުނިޔެއާއި އާޚިރަތުގައިވެސް، ﷲ އެމީހާގެ ޢައިބު ވަންހަނާކޮށްދެއްވާނެއެވެ. އަދި އަޅާ އޭނާގެ އަޚާއަށް ވާގިވެރިވުމުގައި ދެމިހުންނަހާ ހިނދަކު، ﷲ އެއަޅާއަށް ވާގިވެރިވެވޮޑިގަތުމުގައި ދެމިވޮޑިގެންވާނެއެވެ. ޢިލްމެއް (އެބަހީ: ޝަރުޢީ ޢިލްމު) ޙާޞިލުކުރުމުގެ ގޮތުން މަގަކުން ހިނގައިފިމީހާ ދަންނައެވެ. އޭގެ ސަބަބުން އޭނާއަށް ސުވަރުގެދިޔުމުގެ މަގެއް ﷲ ތަނަވަސްކޮށްދެއްވާނެއެވެ. އަދި ﷲގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅެއްގައި (އެބަހީ: މިސްކިތެއްގައި) ބަޔަކު އެއްވެ، ﷲގެ ފޮތް ކިޔަވާ އަދި އެބައިމީހުންގެ މެދުގައި އުނގެނި ދަސްކުރާ ބަޔަކު ދަންނައެވެ.  އެބައިމީހުންގެ މައްޗަށް މަޑުމޮޅިކަން ބާވައިލައްވާނެއެވެ. އަދި ރަޙްމަތުން ވަށާލެވޭނެއެވެ. އަދި (އެބައިމީހުންނަށް މާތްކޮށް ހިއްތެވުމުގެ ގޮތުން) މަލާއިކަތުން އެބައިމީހުން ވަށައިލައްވާނެވެ.

އަދި ﷲ، އެއިލާހުގެ ޙަޟްރަތުގައިވާ މަލާއިކަތުންގެ އަރިހުގައި އެބައިމީހުންގެ (ވާހަކަ) ޛިކުރުކުރައްވާނެއެވެ.

އަދި ޢަމަލުގައި ފަރުވާކުޑަކުރުމުގެ ސަބަބުން ފަސްވެއްޖެމީހާ ދަންނައެވެ. އެމީހެއްގެ ނަސަބު(ގެ މޮޅުކަމަކުން) އޭނާ ކުރިއަރައި ނުދާނެއެވެ."

މި ޙަދީޘްގައި އައިސްފައިވެއެވެ.

ދެން މި ޙަދީޘްގައި އޮތް ވާހަކައަކީ، މިސްކިތުގައި، ވަޣުޡުގައި އެކަލާނގެ މަތިން މީހަކު ހަނދުމަކޮށްފިއްޔާ، މާތް ﷲ އެ ވާހަކަ މަލާއިކަތް ބޭކަލުންނަށް އަންގަވައި، މަލާއިކަތް ބޭކަލުންގެ މަޖްލިހުގައި އެވާހަކަ ޛިކުރުކުރައްވާނެއެވެ. 

فَاذْكُرُونِي أَذْكُرْكُمْ))

މާނަ: "ފަހެ ތިޔަބައިމީހުން ތިމަންއިލާހުގެ މަތިން ހަނދުމަކުރާށެވެ. އޭރުން ތިމަންއިލާހު ތިޔަބައިމީހުންގެ މަތިން ހަނދުމަކުރައްވާ ހުށީމެވެ." (އަލްބަޤަރާ:152)

މި ޙަދީޘްގެ މަފްހޫމް ދޭހަވާގޮތަށް އެހެން ނަބަވީ އިރުޝާދެއްގައި އައިސްފައިވެއެވެ.

(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) [رواه الطبراني في المعجم الكبي: 13646 و صححه الألباني]

މާނައީ: "ﷲ ތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ. ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

 

 

- މަސްދަރު: ދިސަލަފިއްޔާ

 

 

 

 

 

 

މިއަދު އޮންލައިން