އެންމެ ހެޔޮއެދޭ މީހަކީ ތިމާކަމަށް ވިސްނައިދެމުން ތިބާގެ ދިރިއުޅުން ހަލާކުކުރަން އުޅޭ މީހުން އެކުވެރިންގެ ތެރޭގައިވެސް ޢާއިލާގެ ތެރޭގަވެސް ތިބޭނެ! އެކަމަށް ސަމާލުވާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އެންމެ ހެޔޮއެދޭ މީހަކީ ތިމާކަމަށް ވިސްނައިދެމުން ތިބާގެ ދިރިއުޅުން ހަލާކުކުރަން އުޅޭ މީހުން އެކުވެރިންގެ ތެރޭގައިވެސް ޢާއިލާގެ ތެރޭގަވެސް ތިބޭނެ! އެކަމަށް ސަމާލުވާންޖެހޭނެ!

މުނާފިޤަކަށްވަނީ ހަމައެކަނި ދީނުގެ ކަންކަމަކު ނޫނެވެ. އެމީހަކު ކުރާ އެއްވެސް ކަމެއްގައި ދެމީނު ދައްކައިގެން ކަންކަން ކުރާނަމަ އެއީ މުނާފިޤް ކަމުގެ ޢަލާމާތެކެވެ. އެކަމަށް ބަލާއިރު މުނާފިޤުން މިހާރު ވަރަށް ގިނަވެއްޖެއެވެ.  

ކިތަންމެ ގިނަ ބައަކު ގޯސްވިނަމަވެސް އެއްވެސް މީހަކާއިމެދު ޝައްކު ކުރުމެއް ނެތެވެ. އަދި ބިރުން ކަންބޮޑުވުމެއްވެސް ނެތެވެ. އެހެނަސް ކޮންމެ މީހަކާއިމެދުވެސް އަބަދުވެސް ހުންނަންވާނީ ސަމާލުވެ ފާރަވެރިވެގެންނެވެ. ބުނާ ބަސްތައް ޒީނަތްތެރިކޮށްފައި، ޢަމަލުތައް އޯގާތެރިކޮށްފައި، ހިތުން ހަސަދަލައިގެން ތިބޭ މީހުން ގިނަވާނެތީއެވެ.  

ތިބާގެ ދިރުއުޅުމުގެ ކަންކަން ކުރިއަށްދާގޮތުން، ވަރަށް ގާތުން ވަގުތުން، ވަގުތަށް ބަލަހައްޓާ ބައަކު އުޅޭނެއެވެ. އެއީ ކޮންމެހެން ތިބާ އާއި ރުހިގެން ނުވަތަ ތިބާ ދެކެ ލޯބިވާތީއެއް ނޫނެވެ. ތިބާގެ ދިރިއުޅުން ކުރިއަރަމުންދާތީ އެކަމަށް ނުރުހެވިގެންނެވެ.  

އެފަދަ މީހުންނަކީ ބޮޑެތި ޢަދާވާތްތެރިންނެވެ. އެފަދަ މީހުންނަކީ ތިބާގެ ދިރިއުޅުމަށް ވިހަލާ މީހުންނެވެ. އެމީހުންގެ ހަސަދައިންނެވެ.  

ޙައްލަކީ ތިމާގެ ހިތް ޠޯހިރުކޮށް ﷲ ތަޢާލާ މިންވަރު ކުރެއްވެވި ކަމެއް ނޫނީ ތިމާއަށް ކުރިމަތިނުވާނެކަން ޔަޤީންކޮށްގެން ހުރުމެވެ. އެމީހުންގެ ހިތްތަކުގައިވާ ކަންކަންވެސް ﷲ ތަޢާލާ ދެކެދެނވޮޑިގެންވެއެވެ. އަދި ތިބާގެ ހިތާއި ތިބާގެ ޢަމަލުތައްވެސްމެއެވެ.  

ވީމާ އަބަދުވެސް ތިމާގެ ހިތް ޠޯހިރުކޮށް ހެޔޮ ޢަމަލުތައް ކުރުންމަތީގައި ސާބިތުވާށެވެ! ތިބާއަށް ދެރައެއް ދެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން