ކޮންމެ ޢަމަލެއްގައިވެސް ތެދުވެރި އަމާނާތްތެރިއަކަށް ނުވާ މީހަކަށް ސުވަރުގެ ލިބިދާނެކަމަށް ހީކުރަނީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ކޮންމެ ޢަމަލެއްގައިވެސް ތެދުވެރި އަމާނާތްތެރިއަކަށް ނުވާ މީހަކަށް ސުވަރުގެ ލިބިދާނެކަމަށް ހީކުރަނީ ހެއްޔެވެ؟

ތެދުވެރިނުވީމާ ވާނީ ކިހިނެއްހެއްޔެވެ؟ ލިބުނު ކޮންމެ އެއްޗެއް ބޭނުންކޮށް ޢާއިލާއަށް ކާންދިނީމާ ވާނެ ގޮތް އެބަ އެނގޭ ނޫން ހެއްޔެވެ؟ އެގަހެއްގެ އޮށުން ފަޅާނީ ހަމަ އެބާވަތުގެ ގަހެކެވެ. 

ވިސްނައިލާށެވެ! ޞަދަޤާތުގެ ގޮތުގައި ލިބިފައިވާ ކަދުރުއޮށެއް ޙަސަނުގެފާނު ނަންގަވައި އަނގަފުޅަށް ލެއްވެވިތަން ފެނިވަޑައިގަތުމުން ރަސޫލް  ދުވެވަޑައިގެން ވަޑައިގެން އެ ކަދުރު އޮށް ޙަސަންގެފާނުގެ އަނގަފުޅުން ނެންގެވިއެވެ. 

ޢުމަރުގެފާނުވެސް ވަނީ މިފަދަ އެތައް ކަމެއް ކުރައްވަވައިފައެވެ. ސުވާލަކީ އަހަރެމެންގެ ތެރެއިން ކިތައް މީހުން މިއަދު މިކަމަށް ވިސްނައިލާހެއްޔެވެ؟ 

މިހާރަކަށް އައިސް ދައުލަތަށް ދައްކަންޖެހޭ ފައިސާއަށް މަކަރު ހަދައި ނުދައްކައި މަކަރު ހެދުން މިވަނީ ޢާންމުކަމަކަށްވެފައެވެ. އެއްބައަކު އެމީހުން ދައުލަތަށް ދައްކަންޖެހޭ ފައިސާއަށް މަކަރު ހަދަމުންދާއިރު އަނެއް ބައަކު ދަނީ ދައުލަތުން ޙައްޤު ނޫން ގޮތުގައި ދައުލަތުން ޢިނާޔަތްތައް ހޯދަމުންނެވެ. މިއިން ކޮންމެ ގޮތަކުން ނަމަވެސް ލިބިގަންނަ ފައިސާއަކީ ހަމަ ޙަރާމް ގޮތުގައި ލިބިގަންނަ ޙަރާމް ފައިސާއެވެ. 

މިކަންކަން މިފަދައިން ހުރިއިރު ދައުލަތުގެ ވެރިން ގެންދަނީ ދައުލަތުގެ ފައިސާއަށް މަކަރުހަދައި ޚިޔާނާތްތެރިވަމުންނެވެ. މިގޮތުން ހޯދާ ފައިސާއަކީ ވެސް ޙަރާމް ފައިސާއެވެ. އެހެންކަމުން ތެދުބަހުން ބުނާނަމަ މުޅި ދުނިޔެވެސް މިވަނީ ޙަރާމް ފައިސާ ބޭނުންކުރުމުގެ ބޮޑު މުޞީބާތެއްގެ ތެރެއަށް ވެއްޓިފައެވެ. 

މީސްތަކުންނޭވެ! ޙަރާމް ގޮތުގައި ހޯދާ ކޮންމެ އެއްޗެއްވެސް ހަމަ ޙަރާމެވެ. ތިމާ ބޭނުންކުރިނަމަވެސް ޢާއިލާއަށް ޚަރަދުކުރި ނަމަވެސް އެބޭނުންކުރެވެނީ ހަމަ ޙަރާމް ފައިސާއެވެ. އެއިރުން އެދެވެނީ ހަމަ ނަރަކަ އާއި ދިމާއަށެވެ. 

ނިކަން ބުނެބަލާށެވެ! ބޭނުންވަނީ ޙަރާމް ފައިސާ ހޯދައިގެން ދުނިޔޭގައި އުޅެން ހެއްޔެވެ؟ ނޫން ނަމަ ނަރައިގެ ގަދަފަދަ ޢަޛާބުން ސަލާމަތްވާން ސަލާމްވެ ސުވަރުގޭގެ މަތިވެރި ނިޢްމަތް ލިބުން ހެއްޔެވެ؟ ސުވަރުގޭގެ މަތިވެރިނުޢްމަތް ކަމަށްވާނަމަ ޙަލާލް ނޫން އެންމe ޑޮލަރެއްވެސް ބޭނުން ނުކުރާށެވެ! ޛައްރެއްގެ މިންވަރުވެސް ހަށިގަނޑުގެތެރެއަށް ދިއަނުދޭށެވެ!

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

 

މިއަދު އޮންލައިން