ދެލޯބިވެރިންގެ މެދުގަ ކުރެވޭ ކުށްތަކަށް ތައުބާވުމަށް އޮތް މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ދެލޯބިވެރިންގެ މެދުގަ ކުރެވޭ ކުށްތަކަށް ތައުބާވުމަށް އޮތް މަގު-

ދެލޯބިވެރިންގެ މެދުގައި ކުށެއް ކުރެވިއްޖެނަމަ (ޒިނޭކުރުން ފިޔަވައި) ފާފަ ފުއްސެވުން އެދި ކުރާނެ ކަމަކާއިމެދު ސުވާލުކުރެއެވެ.  

އަހުރެން ބުނާނީ ފުރަތަމަ ކަމަކަށް އެވާހަކަ އެއްވެސް މީހަކު ގާތުގައި ނުދައްކާށެވެ. އަދި މިއާޔަތަށް ޢަމަލުކުރާށެވެ!  

114﴾ وَأَقِمِ الصَّلَاةَ طَرَفَيِ النَّهَارِ وَزُلَفًا مِّنَ اللَّيْلِ ۚ إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ ۚ ذَٰلِكَ ذِكْرَىٰ لِلذَّاكِرِينَ 

"އަދި ދުވާލުގެ ދެކޮޅުގައްޔާއި، ރޭގަނޑުން ބައެއްގައި ކަލޭގެފާނު ނަމާދު ޤާއިމް ކުރައްވާށެވެ! ހަމަކަށަވަރުން، ހެޔޮކަންތައް، ނުބައިކަންތައް ނެތިކޮށްލަތެވެ. އެއީ ހަނދާންކުރާ ބަޔަކަށް ވަޢުޡާއި ނަޞޭޙަތެކެވެ." (ހޫދު: 114 ) 

މާނައަކީ ފަރުޟް ނަމާދުތައް ކުރަމުންގެންދާށެވެ! އަދި ރޭއަޅުކަންވެސް ކުރާށެވެ! އެކަމުގެ ސަބަބުން އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ. މިއީ އެފަދަ ޙާލަތެއް ކުރިމަތިވެލެއްވި ޒުވާން ޞަޙާނީއަކަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވެވި ނަޞޭޙަތްފުޅެކެވެ. 

ހަމައެއާއިއެކު ފާފަ ނުކުރަން މަސައްކަތްކުރަންވާނެއެވެ. އަދި ޒިނޭކުރެވިއްޖެނަމަ އެކުރެވުނީ އެންމެ ބޮޑު ފާފައެކެވެ. އެކަމަށް ތައުބާވާށެވެ! އިތުރަށް އެފަދަ ފާފައެއް ނުކުރާށެވެ! ޙައްލަކީ އަވަހަށް ދެމީހުން ކައިވެނިކުރުމެވެ.

 

- ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން

 

މިއަދު އޮންލައިން