ހަނދުމަކޮށްދިނުމެއް! ހިތަށް ހަމަޖެހުން ލިބޭނެ ސަބަބުތައް- ޤުރްއާނުން

ކިޔުމަށް ހޭދަވާނީ 3މ 51ސ
ހަނދުމަކޮށްދިނުމެއް! ހިތަށް ހަމަޖެހުން ލިބޭނެ ސަބަބުތައް- ޤުރްއާނުން

ޢާއިޝަތު ރަފާޙް ޢަލީ

 

ހިތަށް ހަމަޖެހުން ލިބޭނީ ކޮންކަމެއް ކުރުމުންތޯ؟ ނުވަތަ ކޮންކަންތައްތަކެއްތޯ މިއީ ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލުތަކެއްކަން ކިޔުންތެރިން ކުރައްވާ ސުވާލުތަކުން އެނގެއެވެ. މިފަދަ ސުވާލުތަކަށް ވަރަށް ގިނަ ޢިލްމްވެރިންގެ ބަސްފުޅުތަކުން މިހާރުވެސް ވާނީ ޖަވާބު ގެނެސްދެވިފައެވެ. ސިލްސިލާއަށް އިތުރުބޮޅެކެވެ. މިލިޔުމުގައި އެވަނީ ކީރިތި ޤުރްއާނުން އެނގެންހުރި ކަންކަމެވެ.  

އިސްލާމް ދީނުގެ މަތިވެރިކަމުގެ ތެރެއިން މީސްތަކުންނަށް ކުރާ ފައިދާ ވަރަށް ބޮޑެވެ. އަޅުގަނޑުމެން މުސްލިމުން އުޅެން އަންގަވާފައިވާ ހުރިހާ ގޮތެއް އެދީނުގައި އަންގަވާފައިވެއެވެ. އަދި އަޅުގަނޑުނެން އުޅެންވީގޮތް ގުރްއާނާއި ސުންނަތުގައި ވަނީ އަންގަވާފައިއެވެ. އަދި މުސްލިމުންގެ ހިތަށް ހަމަޖެހުން ލިބޭނެ ސަބަބުތައްވެސް  ﷲ ތަޢާލާ ކީރިތި ގުރްއާނުގައި ބަޔާން ކޮށްދެއްވާފައިވެއެވެ. އޭގެތެރެއިން ބައެއް ކަންކަން މިލިޔުމުގެ ތިރީގައި ބަޔާން ކޮށްލާނަމެވެ. 

·      ހިދާޔަތް: މާތް الله  އަޅަކަށް ހިދާޔަތްދެއްވާ މަގުދެއްކެވުމުން އީމާންތެރިކަމާއި ތަޤްވާވެރިކަމަށް އޭނާގެ މޭ ހުޅުވާލައްވައެވެ.  

·      އީމާންކަމުގެ ނޫރު: އެއީ މުސްލިމެއްގެ ހިތަށް މާތްالله ދެއްވާ ނިޢްމަތެއްކަމުން އޭނާގެ ހިތަށް ހިތާމަވެރިކަން ތަހައްމަލު ކުރަންޖެހޭ ކޮންމެ ފަހަރަކު އީމާންކަމުގެ ސަބަބުން އުފަލާއި ހިތްހަމަޖެހުން ހިތަށް ވަދެގެން ދެއެވެ.  

·      ޢިލްމު: އެއީ ނަބިއްޔުންގެ ކިބައިން ވާރުތަވެފައިވާ ޝަރުޢީ ޢިލްމާއި ފައިދާހުރި ޢިލްމެވެ. 

·      ކިޔަމަންތެރިކަން: ﷲ ތަޢާލާއަށް ކިޔަމަންތެރިވުމަކީ ހިތަށާް ހަމަޖެހުން ލިބި އުފާވެރިކަން ލިބޭނެ އެންމެ މުހިއްމު އެއް ސަބަބެވެ. އަދި އެއީ ދިރިއުޅުމުގައި ކިޔަމަންތެރިވާންޖެހޭ މީހުންނަށް ކިޔަމަންތެރިވާން ދަސްވެގެންދާ ކަމެކެވެ.   

·      ލޯބިވުން: މުސްލިމުންނަށް ވާޖިބުވެގެންވަނީ ޙައްގަށް ލޯބިވުމާއި ހެޔޮކަންކަމަށް ލޯބިކުރުން 

·      ތައުހީދު: ނަބިއްޔުންގެ ކިބައިން ވާރުތަވެފައިވާ ޝަރުޢީ ޢިލްމާއި ފަައިދާހުރި ޢިލްމެވެ. އެއީ ތައުހީދު އުލޫހިއްޔާ، ރުބޫބިއްޔާ، ތައުހީދު އަސްމާއި ވައްސިފާތު ހިތުތެރޭގައި އޮވެ އެކަންތައްތައް ފުރިހަމައަށް ގަބޫލުކުރުމެވެ. 

·      \ﷲ ތަޢާލާއަށް ޛިކުރު ކުރުން ގިނަކުރުން: ﷲ ތަޢާލާއަށް އިންސާނުން ތަސްބީހަ އާއި ތަހްލީލްކިޔާ، އިސްތިޣްފާރުކޮށް ޛިކުރުކުރުން ގިނަކުރުމުގެ ސަބަބުން ﷲ ތަޢާލާ އެފަދަ މީހުންނަށް އުފާވެރިކަން ދެއްވަވައި ރިޒްގު ތަނަވަސްކޮށްދެއްވައި ހިތަށް ހަމަޖެހުން ދެއްވާ އުފާވެރިކަން ދެއްވައެވެ. 

·      މީސްތަކުންނަށް އިޙްސާންތެރިވުން: މީސްތަކުންނަށް ހެޔޮކަންތައްތައް ކޮށްދީ، އެމީހުންނަށް އެހީތެރިވެދިނުމަކީ އުފާވެރިކަން ލިބި ހިތަށް ހަމަޖެހުން ލިބޭނެ ކަމެކެވެ.

·      ހިތްވަރުގަދަކަން: ހިތްވަރަކީ މުސްލިމެއްގެ ކިބައިގައި ހުންނަންވާނެ އެންމެ މަތިވެރި ސިފަތަކުގެ ތެރެއިން އެއް ސިފައެވެ. އެސިފަ ލިބިގެންވާ މީހުންނަކީ އާންމުކޮށް އުފާވެރިކަމާއި ހިތްހަމަޖެހުމުގައި ދިރިއުޅޭ މީހުންނެވެ. 

·      ހިތްތަކުގެ ބަލިތަކަށް އޮތް ފަރުވާއެއް: ހިތްތަކުގެ ބަލިތައް؛ ހަސަދަވެރިކަމާއި ނުބައިކަމާއި ނަފްރަތާއި ޢަދާވާތްތެރިކަންފަދަ ހިތުގެ މި ބަލިތަކުން ސަލާމަތްވުމަށްޓަކައި އޭނާގެ ސިކުނޑި ސާފުވެ ހިތް ހުޅުވިގެންދާފަދައިން ގިނައިން ހެޔޮ ކަންކަން ކުރުން މަތީގައި ދެމިހުންނަން ޖެހެއެވެ.   

·      ދުނިޔޭގެ ކަންކަމުގައި މާބޮޑަށް ވަގުތު ހޭދަނުކުރުން: ދުނިޔޭގެ ކަންކަމުގައި އިންސާނުންނަށް ފައިދާނުކުރާ ކަންކަމުގައި ވަގުތު ހޭދަނުކުރުމަކީ ވެސް ހިތައް ހަމަޖެހުން ލިބޭނެ ސަބަބެކެވެ. އެގޮތުން ގިނައިން ނިދުމާއި، ދުނިޔެވީ މަޖަލާއިޮ ސަކަރާތުގައި ވަގުތު ހޭދަކުރުމާއި، ގިނައިން ކެއުމާއި، އަޅުކަންތައްތަކާއި ދުރުވުން ފަދަ ކަންކަމުން ދުރުހެލިވުމަކީ ވަރަށް މުހިއްމު ކަމެކެވެ.  

·      މާޒީގައި ކުރެވިފައިވާ ކަންކަމަށް ނުވިސްނާ މިހާރަށް ވިސްނުން: މާޒީގައި ކުރެވިފައިވާ ގޯސް ކަންކަމާއި އުޅެވިފައިވާ ގޮތަށް ހިތާމަކުރުމާއި މުސްތަޤްބަލާމެދު ކަންބޮޑުނުވެ މާޒީން އިބުރަތް ލިބިގަނެ މިހާރުގެ ދިރިއުޅުން ރަނގަޅުކުރުމަށް މަސައްކަތް ކުރުމެވެ.   

·      ހުރިހާ ކަމެއްގައިވެސް ﷲ ތަޢާލާއަށް ވަކީލުކުރުން: ކުރާ ކޮންމެ ކަމެއްގައިވެސް އަދި ފަހުން ވާނެ ކަންކަމާމެދުވެސް ﷲ އާއި ވަކީލުކޮށް ﷲ ތައާލާ ތިބާއަށް ދެރަގޮތެއް މެދުވެރިނުކުރައްވާނޭކަން ހިތަށް އަރުވައި އަދި އެކަން ގަބޫލުކޮށްގެން ހުރުމުން އެމީހެއްގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބިގެން ދާނެއެވެ. އިން ޝާ ﷲ

މިއަދު އޮންލައިން