ތިމާ ބޭނުންވާ ވަކިކަމެއް ޙާޞިލުކުރުމުގެ މަޤްޞަދުގައި ކައިވެނިކުރުން ދީން ހުއްދައެއް ނުކުރޭ! ކައިވެނިކުރަންވާނީ ޢުމުރަށް އެކުގަ ދިރިއުޅެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ތިމާ ބޭނުންވާ ވަކިކަމެއް ޙާޞިލުކުރުމުގެ މަޤްޞަދުގައި ކައިވެނިކުރުން ދީން ހުއްދައެއް ނުކުރޭ!  ކައިވެނިކުރަންވާނީ ޢުމުރަށް އެކުގަ ދިރިއުޅެން!

ބައެއް މީހުން ކައިވެނިކުރަނީ އެމީހަކަށް ބޭނުން ބޮޑުވެފައިވާ ވަކި ބޭނުމެއް ފުއްދުމަށެވެ. އެކި މީހުން އެކި ބޭނުމުގައެވެ. އެއިގެ ތެރޭގައި ފަސޭހައިން ދިރިއުޅުން، ތަނަވަސްކަން ބޭނުންވުން، އަދި ރޭކުރުން ފަދަ ބޭނުންތައް ހިމެނެއެވެ.

އެގޮތުން ބައެއް މީހުން ކައިވެނިކުރުން ހަދަނީ ކުޅޭ ކުޅިވަރެއް ކަމަށެވެ. އެއީ ހަމައެކަނި ތިމާގެ ވަކި އުފާތަކެއް ޙާޞިލުކުރަން ކުރާކަމެއް ކަމަށެވެ. ރަނގަޅަށް އަޑުއަހާށެވެ. މިވާހަކަތައް ދަރުސްތަކުގައި ގިނަގިނައިން މިދައްކަނީ މިބާވަތުގެ މައްސަލަތައް މުޖުތަމައުތަކުގައި ބޮޑުވަމުންދާވަރުން ސަމާލުކަމަށް ގެނައުމަށެވެ.

ﷲ ގަންދީ ބުނަމެވެ! ކައިވެންޏަކީ ވާންޖެހޭ ޤްރްބާނީއެކެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އެ ޤްރްބާނީ ވެއްޖެ ނަމަ އެކަމަށްޓަކައި ﷲ ތަޢާލާ ގިނަގުނަ ޘަވާބު ދެއްވަވާނެތެވެ! ޤްރްބާނީ އަކާއި ނުލައި އެހައި މަތިވެރި އެއްވެސް ނިޢްމަތެއް ލިބުމެއް ނެތެވެ.

ކައިވެނިކުރުމުން ދީނުގެ ދެބައިކުލަ އެއްބައި ފުރިހަމަވީކަމަށް އޮތުމުން އެނގިގެންދަނީ ކައިވެނިކުރުމަކީ ހަމައެކަނި ދުނިޔަވީ ބޭނުމަކު ކުރަންޖެހޭނެ ކަމެއް ނޫންކަމެވެ. އެހެނީ ދީން ގުޅިފައިވަނީ ހަމައެކަނި ދުނިޔެއަކާއެއް ނޫނެވެ. ދުނިޔެއާއި އާޚިރަތާއެވެ.

ވީމާ ދިރިއުޅުން އާޚިރަތާއި ގުޅިގެންދާނީ އާޚިރަތް ހޯދަން މަސައްކަތްކުރެވުމުންނެވެ. ކައިވެނީގެ އެންމެ ބޮޑު ބޭނުމަކަށްވާންޖެހޭނީ އާޚިރަތް ހޯދަން ކުރަންޖެހޭ މަސައްކަތުގައި އެކަކު އަނެކަކަށް ވާގިވެރިވުމެވެ. އެ މަޤްޞަދު ޙާޞިލުކުރަން މަސައްކަތްކުރާ ދެމަފިރިއަކު ނަމަ މައްސަލަތައް ގިނަވެ ޒުވާބުކުރާކަށް ނުޖެހޭނެއެވެ. ވަރީގެ ވާހަކަ ދައްކާކަށްވެސް ނުޖެހޭނެއެވެ. އިން ޝާ ﷲ

މިބަޔާންކުރި ހުރިހާ މަޤްޞަދުތަކެއް ޙާޞިލްކުރުމުގެ ނިޔަތް ނެތި ތިމާގެ ދުނިޔަވީ ވަކި ބޭނުމެއް ޙާޞިލްކުރަން ކައިވެނިކުރާނަމަ އެއީ ހެދޭ ގޯހެކެވެ. އެފަދަ ކައިވެނި ހުއްދައެއްވެސް ނުވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން