ކައްވަޅުގަ ވަޅުލެވުމުން ތިބާއަށް ކަރުނައަޅަން ނުޖެހޭނީ މި ޙަދީޘްފުޅަށް ވިސްނައި މިހާރު ޢަމަލުކުރިނަމަ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކައްވަޅުގަ ވަޅުލެވުމުން ތިބާއަށް ކަރުނައަޅަން ނުޖެހޭނީ މި ޙަދީޘްފުޅަށް ވިސްނައި މިހާރު ޢަމަލުކުރިނަމަ! އިން ޝާ ﷲ

އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްދުވަހަކު ހިންގަވައި ވަޑައިގަންނަވަމުން މަހާނައަކާއި ހަމަވެވަޑައިގެންފައި ޙަދީޘްފުޅު ކުރެއްވެވީ މިފަދަ ޢިބާރާތަކުންނެވެ.   

"މީނާ އަލުން ދުނިޔެއަށް ފޮނުވައްވައި ދުނިޔޭގައި ހުރިނަމަ ހުރި ހުރިހާ ތަނަވަސްކަމަކާއި މުޅި ދުނިޔެ އޭނާއަށް ހުށަހަޅާފައި ދެވަނަ ކަމަކަށް 2 ރަކްޢަތް ނަމާދެއް ކުރަން ހުށަހަޅައިފިނަމަ އޭނާކުރާނީ 2 ރަކްއަތެވެ."  

މާނައަކީ މުޅި ދުނިޔެލިބުމަށްވުރެ ބޮޑަށް އޭނާ ބޭނުންވާނީ 2 ރަކްޢަތް ނަމާދެއްކޮށްލުމުން ﷲ ތަޢާލާ ދެއްވަވާނެ ޘަވާބެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ އެކަންކަން އޭނާގެ ލޮލަށް މިހާރު ދައްކަވާފައިވާތީއެވެ. ލޮލަށް ފެނިފައިވާތީއެވެ. ދުނިޔެއިން ކިތަންމެ ގިނަ ބައިވަރެއް ލިބި ދުނިޔޭގައި ހުރި ހުރިހާ ރަނާއި މަޢްދަންތަކާއި ފައިސާތަކާއި މިހެންގޮސް އަގުހުރި ހުރިހާއެއްޗަކަށްވުރެ ﷲ ތަޢާލާ ދެއްވަވާ އެންމެ ޘަވާބެއްގެ ބުރަދަންވެސް މާބޮޑުކަން އޭނާއަށް އެނގިފައިވާތީއެވެ.  

މީސްތަކުންނޭވެ! ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދައްކަވައި ދެއްވަވާފައިވާ މިފަދަ މިޘާލުތަކުން ފިލާވަޅު ލިބިގަންނާށެވެ! ދުނިޔެ ހޯދަން ތެޅިފޮޅުމުގެ ބަދަލުގައި އާޚިރަތް ލިބިގަންނަން ކުރާމަސައްކަތް އިތުރުކުރާށެވެ. ދުނިޔެއަކީ ވަޤުތީ މަންޒިލެއްކަމާއި ދާއިމީ މަންޒިލަކީ އާޚިރަތްކަން ޤަބޫލުކޮށްގެން ދުނިޔޭގައި އުލެމުން ގެންދާށެވެ!

 

- ޝައިޚް މުޙައްމަދު ބާޖޫރުގެ ދަރުސަކުން

މިއަދު އޮންލައިން