ދިރާގު އެފްޓީޓީއެޗް އަދި ދިރާގު ޓީވީގެ ޚިދުމަތް މިފަހަރު ހޮޅުދޫއަށް

ކިޔުމަށް ހޭދަވާނީ 1މ 24ސ
ދިރާގު އެފްޓީޓީއެޗް އަދި ދިރާގު ޓީވީގެ ޚިދުމަތް މިފަހަރު ހޮޅުދޫއަށް

ދިރާގު ހައިސްޕީޑް ފައިބަރ ގެ ޚިދުމަތާއި ދިރާގު ޓީވީގެ ޚިދުމަތް ނ. ހޮޅުދޫ ގައި މިއަދު ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.

ފައިބަރ ގެ ޚިދުމަތް ވަރަށް ބާރު މިނުގައި މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތް ދިރާގުން ދަނީ ކުރަމުންނެވެ.

އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގެ އާބާދީގެ 70 އިންސައްތަ އަށް މިހާރު ވަނީ ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދީފައެވެ.

އެއީ މާލެ، ވިލިމާލެ، ހުޅުމާލޭގެ އިތުރުން 42 ރަށެއްގައި ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑް، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސް ކަމަށްވާ 1 ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެކެވެ.

މިހާރު ނ. ހޮޅުދޫގެ ގޭބިސީތަކާއި އަދި ވިޔަފާރިތަކަށް މިޚިދުމަތް ފުރިހަމައަށް ލިބެމުންދާނެ ކަމަށް ވެސް ދިރާގުން ބުނެފައިވެއެވެ.

ރާއްޖޭގެ އެންމެ ޒަމާންވީ މުއާސަލާތީ ޚިދުމަތް ދެމުންދާ ކުންފުނި ކަމަށްވާ ދިރާގުން ވަނީ މިހިނގާ ނޮވެމްބަރ މަހުގެ ނިޔަލަށް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ވެސް ފަށާފައިވެއެވެ. މިޕްރޮމޯޝަންގައި ގެއަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ތިން މަސް ދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހު ފީގެ ގޮތުގައި ދައްކާ އަދަދުން 25% ޑިސްކައުންޓެއް ލިބޭނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

 

 

މިއަދު އޮންލައިން