ނިކަން ބިރުވެތިވެބަލަ! ޤިޔާމަތް ދުވަހު ތިބާގެ އަތް ތިބާއަށް ނުފެންނަވަރަށް އަނދިކުރައްވަވާނެ ވަޤުތު އަލިކަން ނުލިބުނު މީހަކަށް ޞިރާޠުމަގު ހުރަހެއް ނުކުރެވޭނެ!: ޝައިޚް ޢަލީ ހައްމުދާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ނިކަން ބިރުވެތިވެބަލަ! ޤިޔާމަތް ދުވަހު ތިބާގެ އަތް ތިބާއަށް ނުފެންނަވަރަށް އަނދިކުރައްވަވާނެ ވަޤުތު އަލިކަން ނުލިބުނު މީހަކަށް ޞިރާޠުމަގު ހުރަހެއް ނުކުރެވޭނެ!: ޝައިޚް ޢަލީ ހައްމުދާ

ޢާއިޝަތުގެފާނު ކުރެއްވެވި ސުވާލަކާއި ގުޅިގެން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވީ މީސްތަކުންވާނީ ބޮޑު އަނދިރިކަމެއްގެ ތެރޭގައި ކަމަށެވެ.  

އެދުވަހު މުސްލިމުންނާއި ކާފިރުންވެސް ސިރާތުމަގުގެ ކައިރިއަށްދާނީ އަލިކަމުގައެވެ. އަނދިރިކަން ކުރިމަތިވާނީ އެހިސާބުންނެވެ. ކާފިރުން އެހިސާބުން އަލިކަމަކަށް އެދި މުސްލިމުންގެ ކިބައިން އާދޭސްކުރަން ފަށާނެއެވެ. އެއިރަކު އަދި މުސްލިމުންނަކަށްވެސް އަލިކަމެއް ނުލިބޭނެއެވެ.  

ޞިރާޠުމަގު އެންމެ ފުރަތަމަ ހުރަސްކުރައްވަވާނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. ހުރަސްކުރެއްވެވުމާއިއެކު މުސްލިމުންނަށްޓަކައި ދުޢާ ދަންނަވަން ފަށްޓަވާނެއެވެ. އެހިސާބުން މުސްލިމުންނަށް އަލިކަން ދެއްވަވަން ފަށްޓަވާނެތެވެ. އަލިކަން ދެއްވަވާނީ ދުނިޔޭގައި އެމީހަކު ކުޅަ ހެޔޮ ޢަމަލުތަކުގެ މިންވަރުންނެވެ.  

ކާފިރުންނަކަށް އެއްވެސް އަލިކަމެއް ނުދެއްވަވާނެތެވެ. އެހެންވެ ކާފިރުން މިލިއަނުން ބިލިއަނުން ޞިރާޠުމަގު ކައްސާލައިގެން ނަރަކައަށް ވެއްޓެމުންދާނެތެވެ. މުސްލިމުން އެމީހުންނަށް ދެއްވެވި އަލިކަމުގެ މިންވަރުން އެކި ޙާލުގައި ޞިރާޠުމަގު ހުރަސްކުރާނެތެވެ.  

ލޮބުވެތި އެކުވެރިންނޭވެ! މުސްލިމަކަށްވުމަކުން އަދި ނުފުދެއެވެ. ވީހާގިނައިން ހެޔޮ ޢަމަލުކޮށް އަލިކަން ލިބިގަނެވިގެން ނޫނީ ޞިރާޠުމަގު ހުރަހެއް ނުކުރެވޭނެއެވެ. ޞިރާޠުމަގު ހުރަސްކުރެވިގެން ނޫނީ ސަލާމަތްކަމެއް ނެތެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

މިއަދު އޮންލައިން