ﷲ ތަޢާލާއަށް ބިރުވެތިނުވާ ތަޤްވާވެރިކަމެއް ނެތް މީހުން ކޮޕީކުރުމަކީ އެމީހުންގެ ފަހަތުން ނަރަކައަށް ވަންނަން ޖެހިދާނެ ބިރުހުރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ﷲ ތަޢާލާއަށް ބިރުވެތިނުވާ ތަޤްވާވެރިކަމެއް ނެތް މީހުން ކޮޕީކުރުމަކީ އެމީހުންގެ ފަހަތުން ނަރަކައަށް ވަންނަން ޖެހިދާނެ ބިރުހުރި ކަމެއް!

ހަމަ ކުޑަކުޑަ ސުވާލަކުން ފަށާނަމެވެ! ތިބާގެ ފޭނަކީ ކޮންމެވެސް ހޮވިސްކީއެކެވެ. ދުނިޔޭގައި އުޅުނީ އެ ހޮވިސްކީއަކާއި އެއްވައްތަރުވެގެންނެވެ. އޭނާއަށް ތާއީދުކޮށް އޭނާ އުޅޭ ގޮތަށެވެ. ސިފަވެސް އެއްގޮތްކޮށްގެންނެވެ.

ޤިޔާމަތް ދުވަހު ހޮވިސްކީއަށް ޖެހުނީ ނަރަކައަށް ވަންނާށެވެ! އަދި އޭނާއާއި ވައްތަރުވެ އޭނާއަށް ތާއީދުކޮށް އޭނާގެ ފަހަތުން ދުވެހެދި މީހުންނަށްވެސް ޖެހުނީ ދުނިޔޭގައި އޭނާ ފަހަތުން ދުވިފަދައިން އެދުވަހުވެސް ދުވަމުން ގޮސް ހަމަ ނަރަކައަށް ވަންނާށެވެ.  

މިހެން ބުނުމުން ތިމާ މިހުރީ އޮސްޓްރޭލިޔާގައޭ އޭނާހުރީ އެމެރިކާގައޭ އެހެންވީމާ ފަހަތުން ނުދުވަމެއް ނޫންހެވެ؟ ސުވަލުކުރުމަކުން ނުފުދޭނެއެވެ. އޭނާ އުޅޭ ގޮތަށް އުޅުމާއި އޭނާއަށް ތާއީދުކުރުމާއި އޭނާގެ ވީޑިއޯތަކާއި އޯޑިއޯތައް ބެލުމުގައި ވަގުތު ހޭދަކުރާނަމަ އެއޮތީ ހަމަ ވަރުގަދައަށް ފަހަތުން ދުވެވިފައެވެ.   

މުސްލިމުން ކޮޕީކުރަންވާނީ އަދި އެމީހެއްގެ ފަހަތުން ދުވަންވާނީވެސް އެކަމުގެ ސަބަބުން ޤިޔާމަތް ދުވަހު ފައިދާކުރާނެ ނަމައެވެ. ވީމާ ކިތަންމެ މަޝްހޫރަސް އެހެން ދީންތަކުގެ މީހުން ކޮޕީނުކުރާށެވެ! އަދި ﷲ ތަޢާލާއަށް ބިރުވެތިނުވާ ތަޤްވާވަރިކަން ކުޑަ މީހުންވެސް ކޮޕީނުކުރާށެވެ! އެމީހާގެ ފަހަތުން ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށް ބިރުވެތިވާށެވެ!

 

- ޝައިޚް ސިރާޖް ވައްހާޖްގެ ދަރުސަކުން

މިއަދު އޮންލައިން