ދިރިއުޅުމުގަ ކުރިއެރުން ލިބޭނީ ﷲ ގެ ޙަޟްރަތުން ވާގިއެދުނީމަ! ރުހިވޮޑިގަތުން ލިބުނީމަ ހުރަސްއެޅޭނެ މީހަކު ނުހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ދިރިއުޅުމުގަ ކުރިއެރުން ލިބޭނީ ﷲ ގެ ޙަޟްރަތުން ވާގިއެދުނީމަ! ރުހިވޮޑިގަތުން ލިބުނީމަ ހުރަސްއެޅޭނެ މީހަކު ނުހުންނާނެ!

ތިމާ ޙާޞިލުކުރަން ބޭނުންވާ ކަމެއް ޙާޞިލުނުކުރެވެނީ އެހެން މީހެއްގެ ސަބަބުންކަމަށް ޤަބޫލުކުރުމަކީ ﷲ ތަޢާލާއަށް އީމާންވެގެން ހުރި މުސްލިމަކު ޤަބޫލުކޮށްގެންވާނެ ކަމެއް ނޫނެވެ.

ﷲ ތައާލާ މީހަކަށް މަޤާމެއް ދެއްވަވަން އިރާދަ ކުރައްވަވައިފިނަމަ އެކަމަށް ހުރަސްއެޅޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ! ﷲ ތަޢާލާ ދެއްވަވާ ނިޢްމަތެއް ލިބުން ހުއްޓުވޭނެ މީހަކުވެސް ނުހުންނާނެއެވެ.

ހަމަ އެޢާއިއެކު ޔަޤީންކުރާށެވެ! ތިބާއަށް މަތީ މަޤާމެއް ހޯދައިދޭންވެސް އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނުއޮންނާނެއެވެ. އެކަމަސް މީހަކު އެހީތެރިވާނަމަ އެކަން ވެސް މެދުވެރިކުރައްވަވައި ދެއްވަވަނީ ހަމަ ﷲ ތަޢާލާއެވެ. ވީމާ މިފަދަ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް އިތުބާރުކޮށް ވަކީލުކުރާށެވެ! އެއިރުން ރަނގަޅު ގޮތްތައް ދާނީ މެދުވެރިވަމުންނެވެ. ކުރިއެރުމާއި ބޭނުންވާ މަޤާމްވެސް ދާނީ ލިބެމުންނެވެ.

"ތިމާ ކަމެއް ޙާޞިލުކުރަން ބޭނުންވެގެން މަސައްކަތްކުރުމުން އެކަން ޙާޞިލުނުކުރެވޭނަމަ އެއީ މާޔޫސްވެ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. މިސާލަކަށް މަތީ މަޤާމަކަށްދާން ބޭނުންވި ނަމަވެސް ނުދެވޭނަމަ އެކަން ނުވަނީ އެމަޤާމަށް ތިބާ ދިއުމަށް، ނުވަތަ އެމަޤާމު ތިބާއަށް ލިބުމަށް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާތީކަން ޔަޤީންކުރާށެވެ!

އެހާލަތުގައި އެއީ ކީއްވެގެންކަމާއިމެދު ސުވާލުނުކުރާށެވެ! ތިބާ އެދޭގޮތަށް އެ މަޤާމް ތިބާއަށް ނުލިބެނީ ލިބުމުން ލިބޭނެ ގެއްލުން ބޮޑުވާނެތީއެވެ. އެކަން ޤަބޫލުކޮށް ﷲ ތަޢާލާއަށް ވަކީލުކުރާ މީހާއަށް އެކަމަށް އެންމެ ރަނގަޅު ވަގުތުގައި މާރަނގަޅު މަޤާމާއި ދަރަޖަ ދެއްވަވާނެތެވެ! އިން ޝާ ﷲ"

މިއީ ކަން އޮތްގޮތް ނަމަވެސް ތިމާ ބޭނުންވާ މަޤާމް ލިބުމަށް ހުރަސް އެޅެނީ މިވެނި މީހެއްގެ ސަބަބުންކަމަށް ބަލައި އެމީހާގެ ބޮލުގައި ޙައްޤު ނޫން އިލްޒާމްތައް އަޅުވައި އެމީހާއަށް ބޮޑެތި ދެރަތައް އެބަދެއެވެ. ސިހުރުހާހޫރަ ހަދައިގެންވެސް އެމީހަކަށް ގެއްލުންދޭންވެސް އެބަ މަސައްކަތްކުރެއެވެ. އެހާލަތުގައި އެކުރެވެނީ ތިމާ ދީނުން ބޭރުވެގެންދާނެ ޢަމަލެކެވެ.

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން