ހިތްވަރުކޮށްގެންވެސް މި ދެ ކަންތައް ފުރިހަމަކޮށްފިނަމަ އެމީހަކަށް ކުރެވިފައިވާ ނުބައި ޢަމަލުތަކަކީ ކުރެވިފައިޥާ އަޅުކަމަށް ވެގެންދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ހިތްވަރުކޮށްގެންވެސް މި ދެ ކަންތައް ފުރިހަމަކޮށްފިނަމަ އެމީހަކަށް ކުރެވިފައިވާ ނުބައި ޢަމަލުތަކަކީ ކުރެވިފައިޥާ އަޅުކަމަށް ވެގެންދާނެ! އިން ޝާ ﷲ

ﷲ ތައާލާގެ ދީލަތިވަންތަކަން ނިކަން ދެކިބަލާށެވެ! މީސްތަކުން ނަރަކައިން ސަލާމަތްކުރައްވަވައި ސުވަރުގެ ވެއްދެވުމަށް ލޯބިވެވޮޑިގަންނަވާމިންވަރު ނިކަންދެކިބަލާށެވެ! ތިބާއަށް ކުރެވިފައިވާ ފާފަތަކަކީ ފާހިޝް ޢަމަލުތަކާއި ޒިނޭކުރުމާއި ބަނގުރާ ބުއިން ފަދަ ބޮޑެތި ފާފަތައް ނަމަވެސް އެމީހަކު ކުޅަ ހެޔޮ ޢަމަލުތަކަށް ބަދަލުކޮށްލުމުގެ ފުރުޞަތުވަނީ ދެއްވަވައިފައެވެ.

މިމަތިވެރި ނިޢްމަތަށް އެދޭ މީހާއަށް އޮތީ މިބަޔާންކުރާ 2 ޝަރުޠު ފުރިހަމަކުރުމެވެ. ވީމާ މިހާރުން މިހާރަށްވެސް މި ދެ ޝަރުޠު ފުރިހަމަކުރަން އަވަސްވެގަތުމަށް އެންމެހައި ީސްތަކުންނަށް އިލްތިމާސްކުރަމެވެ. މިއީ ކުރަން އެއްވެސް އުނދަގޫވެސް ކަމެއް ނޫނެވެ. ބޭނުންވަނީ ޢަޒުމާއި ހިތްވަރެވެ.

ކިތަންމެ ގިނަ، ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވީނަމަވެސް އެހުރިހާ ފާތަކަކީ ތިމާއަށް ކުރެވިފައިވާ ހެޔޮ ޢަމަލުތަކަށް ބަދަލުކުރައްވަވައި ދެއްވަވައި ޤިޔާމަތް ދުވަހު އެޢަމަލުތައް މީޒާނުގައި ކިރުއްވަވާއިރު ތިބާކޮށްފައިވާ ހެޔޮ ޢަމަލުތަކާއިއެކު މީޒާނުގެ ހެޔޮކަމުގެ ކޮޅުގައި ކިރައިލުމުގެ ފުރުޞަތު ﷲ ތަޢާލާ ވަނީ ކޮންމެ މީހަކަށްވެސް ދެއްވަވައިފައެވެ. މިއަށް ވުރެ ބޮޑު ރަހްމަތަކަށްވާނީ ކޮންކަމެއް ހެއްޔެވެ؟

އެ މަތިވެރި ނިޢްމަތް ދެއްވެވުމަށް އޮތީ އެންމެ 2 ޝަރުތެކެވެ.

1 އެމީހަކު އިޚްލާޞްތެރިކަމާއިއެކު ތައުބާބާވުން

2 ތައުބާވުމަށްފަހު ކުރިން ކުރި ފާފައެއް ނުކޮށް ސާބިތުކަންމަތީގައި ދެމިހުރުން

ކިތަންމެ ގިނައިން ކިތަންމެ ބޮޑެތި ފާފަތަކެއް ކުރެވިފައިވާ މީހަކު ނަމަވެސް މި ދެ ޝަރުޠޫ ފުރިހަމަކޮށްފިނަމަ މީޒާނުގައި އެމީހަކަށް އެއިގެކުރިން ކުރެވިފައިވާ ހުރިހާ ފާފަތަކެއް އެއީ އެމީހާ ކުރި ހެޔޮ ޢަމަލުތަކަށް ބަދަލުކުރައްވަވައި ދެއްވަވާނެތެވެ! ނަމާދާއި ރޯދައާއި ޙައްޖުވުން ފަދަ އަޅުކަންތަކަށެވެ. އެ ޢަމަލުތައް މީޒާނުގައި ކިރުއްވަވާނީ ތިބާކުޅަ އެންމެ ހެޔޮ ޢަމަލުތަކާއިއެކުގައެވެ. މީޒާނުގައި ހެޔޮ ޢަމަލުތައް ލައްވަވައިދެއްވާ ކޮޅަށް ލައްވަވައި ދެއްވަވައިގެންނެވެ. މިއީ ކީރިތި ޤުރްއާނުން އެނގެން ހުރި ކަންކަމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން