ޞިއްޙަތަށް ކިތަންމެ ބޮޑަށް ބަލައިގެން އުޅުނަސް ބޮޑެތި ބަލިތައް ޖެހެނީ ކީއްވެ؟ ޙައްލު މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޞިއްޙަތަށް ކިތަންމެ ބޮޑަށް ބަލައިގެން އުޅުނަސް ބޮޑެތި ބަލިތައް ޖެހެނީ ކީއްވެ؟ ޙައްލު މިއޮތީ!

ޞިއްޙަތަށް ކިތަންމެ ބޮޑަށް ބަލައިގެން އުޅުނަސް ބޮޑެތި ބަލިތައް ޖެހެނީ ކީއްވެ؟ މިއީ ގިނަބައެއްގެ ހިތުގައި އުފެދި ކުރަމުން ގެންދާ ސުވާލެކެވެ. އެހެންވެ މިގެނެސްދެނީ ސުވާލަށް ޖަވާބުލިބޭނެ ލިޔުމެކެވެ. އިން ޝާ ﷲ

އަހަރެންނާއި ބައްދަލުވި އަންހެނެކެވެ. އޭނާ ބުނީ ކޮންމެ ދުވަހަކު ކަސްރަތުކުރާ ކަމަށާއި ޞިއްޙަތަށް ގެއްލުންވެދާނެ އެއްވެސް އެއްޗެއް ނުކާ ކަމަށެވެ. ރެސްޓޯރަންޓަކަށް ދިއަ ނަމަވެސް ކައުޅެނީ ޞިއްޙަތަށް އެންމެ ފައިދާޖުރި ކާނާ ކަމަށެވެ. އަދި ޞިއްޙަތަށް ގެއްލުން ލިބިދާނެކަމަށް ހީކުރެވޭ ޢަމަލެއްވެސް އޭނާ ނުކުރާ ކަމަށެވެ. 

އެކަމަކު ކަންކަން މެދުވެރިވި ގޮތް އެނގޭހެއްޔެވެ؟ އޭނާއަށް ކެންސަރު ޖެހުނީއެވެ.  

ބުނަން ބޭނުންވަނީ ޞިއްޙަތަށް ފައިދާހުރި ކެއުން ކިތަންމެ ގިނައިން ކެއިނަމަވެސް އަދި ކަސްރަތުކުރިނަމަވެސް ކޮންމެ ފަދަ ބައްޔެއްވެސް ޖެހިދާނެ އެވެ. އަދި މިކަމުން އަންގައިދެނީ އެކަންކަމުގެ މައްޗަށް އަހުރެމެންގެ އެއްވެސް ބާރެއް ނެތްކަމާއި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމެވެ.

މީގެ މާނައަކީ ޞިއްޙަތަކަށް ބަލައިގެން ކަންކަން ނުކުރުމެއް ނޫނެވެ. ކައިބޮއި ހެދުމުގައި ޞިއްޙަތަށް ފައިދާހުރި ކާނާ ނުކެއުމެއް ވެސް ނޫނެވެ. ކަސްރަތު ނުކުރުމެއްވެސް ނޫނެވެ. އިސްލާމް ދީނުގައި އޮތީ ޞިއްޙަތަށް ފަރުވާތެރިވުމެވެ.

ބުނެލަން ބޭނުންވަނީ ހަމަ އެންމެ ވާހަކައެކެވެ. ޞިއްޙަތަށް ފަރުވާތެރިވެގެން އުޅޭއިރުވެސް ފުރިހަމަ ޞިއްޙަތެއް ދެއްވެވުން އެދި ދުޢާކުރަމުން ގެންދާށެވެ. އެއީ ކެއުމަށް ބެލުމާއި ކަސްރަތުކުރުމަށްވުރެ މާމުހިންމު ކަމެކެވެ. ފުރަތަމަ ކަމަކަށް ދުޢާކުރާށެވެ! ދެން ކަސްރަތުވެސް ކުރާށެވެ! އަދި ލިބުނު ވަރަކުން ފައިދާހުރި ކާނާވެސް ކަމުން ގެންދާށެވެ.

އެއިރުން ވެސް ބައްޔެއް ޖެހިދާނެއެވެ. އެކަން ވާނީ ކުރިމަތި ކުރެއްވެވި އިމްތިޙާނަކަށެވެ. އަދި ތިބާ ބަލިވީ ﷲ ތަޢާލާ އަށް ކިޔަމަންތެރިވެގެން ހުއްޓައިކަމަށްވާނަމަ އެކަން ތިބާއަށް ވެގެންދާނީ ލެއްވެވި ހެޔޮ ރަޙްމަތަކަށެވެ. އިން ޝާ ﷲ

 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން