ހުރިހާ ނުބައިކަމަކުން ސަލާމަތްވެ ހުރެވި ސުވަރުގެއަށް ދަތުރުކުރެވޭނެ ނޫރެއް ބޭނުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ހުރިހާ ނުބައިކަމަކުން ސަލާމަތްވެ ހުރެވި ސުވަރުގެއަށް ދަތުރުކުރެވޭނެ ނޫރެއް ބޭނުން ހެއްޔެވެ؟

ނޫރަކީ އަލިކަމެކެވެ. އަހުރެމެން އަލިކަން ހޯދައިދޭން މިޖެހެނީ ހިތަށެވެ. ހިތް ގަދަވެގެންވާ ނޫރަކުން އަލިވާން ބޭނުން ހެއްޔެވެ؟ އެކަން ޙާޞިލުކުރެވިއްޖެނަމަ ނުބައި އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނުވާނެއެވެ. ކުރަން ބޭނުންވާނީ ހެޔޮ ޢަމަލު އެކަންޏެވެ. 

އެ ނޫރު ލިބިއްޖެނަމަ އެމީހަކަށް ދުނިޔޭގެ ދިރިއުޅުން އެހައި މުހިންމެއް ނުވާނެއެވެ. ޝައުޤުވެރިވެވޭނީ ޢާޚިރަތަށެވެ. އެއިރުން ދުނިޔެ ހޯދަން އެހައި ބޮޑު ސަމާލުކަމެއް ނުދެވޭނެއެވެ. ކިރިޔާ ފުދިގެން ހުންނާނީ އުފަލުން ފުރިގެންނެވެ. 

އެހެންކަމުން މިއީ ކޮންމެ މުސްލިމަކަށްވެސް އެންމެ ބޮޑަށް ބޭނުންވާނެ ނޫރެވެ. އެނޫރު ލިބެން އޮތް ގޮތް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެއީ އީމާންކަން ވަރުގަދަ ކުރުމެވެ. އީމާންކަން އިތުރުވާ ވަރަކަށް ތަޤްވާވެރިކަން ދާނީ އިތުރުވަމުންނެވެ. 

އެއިރުން އެމީހާއަށް ނިދީން ހޭލެވޭނީ އުފަލުން ހުރެއެވެ. ކުރިމަތިވާ އެއްވެސް ތަކްލީފަކަށް ކަންބޮޑެއްނުވާނެއެވެ. ޞަޙާބީންވަނީ އެބޭކަލުންގެ ޢަމަލުފުޅުތަކުން އެކަން ދައްކަވައިދެއްވަވައިފައެވެ. 

މިއަދު މީސްތަކުންގެ ހިތްތައް އަނދިރިވަމުން މިދަނީ އެނޫރު ލިބިނުގަނެވޭތީއެވެ. އަބަދުހެން ކަންބޮޑުވެގެން އުޅެން މިޖެހެނީވެސް ހަމަ އެސަބަބަށްޓަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން