ދިރިއުޅެން މަސައްކަތްކުރާއިރު އާދައާއި ޚިލާފަށް ބުރަ ދުވަސްތައްވެސް އަންނާނެއެވެ. އެހެނަސް ކޮންމެ ދުވަހަކީ ބައިވެރިޔާގެ ކޯލުތަކަށް ޖަވާބުނުދެވޭ، ޙާލުބަލައި އެހީތެރިނުވެވޭހައި ބިޒީ ދުވަހަކަސް ވާންފަށައިފިނަމަ އެއީ ޢާދައިގެ ކަމެއް ނޫނެވެ. އެބިޒީކަން ގުޅިފައިވާ ކޮންމެވެސް ސިއްރެއް އޮންނާނެއެވެ.
މީގެ މާނައަކީ މަސައްކަތުގެ ވަޤުތުގައި އަނބިމީހާ ނުވަތަ ފިރިމީހާ ގުޅައިގެން ބޭނުންވާހައި އިރެއް ވަންދެން ވާހަކަދައްކަންދެން މަޑުކުރުމެއް ނޫނެވެ. ގުޅާފައި ދޭން ބޭނުންވާ މެސެޖް އަޑުއަހާނެ ވަޤުތު ނެތުމެވެ.
މިޒަމާނަކީ ގޭގެ ހުރިހާ ކަންކަން ހަމައެކަނި ފިރިމީހާ ހަމަޖައްސައިދޭ ޒަމާނެއް ނޫނެވެ. ދެމަފިރިން އެކުގައި ވަޒީފާއަށް ދާނަމަ ގިނަ ޢާއިލާތަކުގައި މަސައްކަތް އޮންނަނީ ބަހާލައިފައެވެ. އެމީހަކު އުފުލަންޖެހޭ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެ ގޮތަށެވެ. އެއީއަކީވެސް މައްސަލައެއް ނޫނެވެ.
ޙާލުބެލުން ކަމަށް މާނަމިކުރަނީ ހެނދުނު ގެއިން ނުކުންނަގޮތަށް ރޭގަނޑުވާއިއރުވެސް ގެއަށް ނައުދެވޭނަމަ ގޭގައި ތިބި ބައެއްގެ ޙާލު ބެލުމަށެވެ. ކިތަންމެ ބިޒީނަމަވެސް އެކަން ކުރަން ޖެހޭނެއެވެ. އެކަން ނުކުރާނަމަ އެދެވެނީ ނުރަނގަޅު މެސެޖެކެވެ.
ކިތަންމެ މަސައްކަތް ބުރަނަމަވެސް ބައިވެރިޔާއަށް ގުޅާލަން ބޭނުންވާ މީހާއަށް އެކަން ކޮށްލާނެ ވަޤުތު ހޯދޭނެއެވެ. ލިބޭ ހުސްވަޤުތުކޮޅުގައި ގުޅައިލާނަމަ އެންމެ ބިޒީވާ ވަޤުތު ގުޅީތީ ރުޅިއަންނާކަށް ނުޖެހޭނެއެވެ.
ބަހަނާތައް ދެއްކިޑާނެއެވެ. ނަމަވެސް ބައިވެރިޔާއާއިމެދު މިބުނިމަގުން ކަންކަން ނުކުރެވޭނަމަ އެދެވޭ މެސެޖަކީ މިހާރު ތިބާ މުހިންމު ނޫންކަމުގެ މެސެޖެވެ. އެހެންވީމާ އެމެސެޖް ލިބެން ފަށައިފިނަމަ އޮތީ އަވަހަށް ދަތުރަށް ތައްޔާރުވުމެވެ. ގަދަކަމުން ބޭރުކޮށްލުމުގެ ކުރިން ދަތުރަށް ފެށުމެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން