ލޯތްބާ އޯގާތެރިކަން އިސްނުކުރާ މީހަކަށް ބައިވެރިޔާގެ ކިބައިންވެސް އެހެން މީހެއްގެ ކިބައިންވެސް ލޯތްބެއް ނުލިބޭނެ!: ޝައިޚް ހިޝާމް އަބޫ ޔޫސުފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ލޯތްބާ އޯގާތެރިކަން އިސްނުކުރާ މީހަކަށް ބައިވެރިޔާގެ ކިބައިންވެސް އެހެން މީހެއްގެ ކިބައިންވެސް ލޯތްބެއް ނުލިބޭނެ!: ޝައިޚް ހިޝާމް އަބޫ ޔޫސުފް

ފުރަތަމަ ކަމަކީ މީސްތަކުންނަކީވެސް ކުރިމަތިކުރައްވަވާ އިމްތިޙާނެއްކަމެވެ. އެއީ ފާސްވާން ޖެހޭނެ އިމްތިޙާނެއް ކަމެވެ. އެކަން ފުއްސިލަތު ސޫރަތުންވެސް އެނގިގެންދާނެއެވެ.  

ޙަޔާތުގެ ބައިވެރިޔާއަކީވެސް އަމިއްލަ ޢާއިލާގެ މީހުންނަކީވެސް އަދި އެކުވެރިންނާއި އަދި ބައްދަލުވާ މީހުންނަކީވެސް ކުރިމަތިކުރައްވަވާ އިމްތިޙާނެކެވެ. އެންމެންގެ ކިބައިގައި ހުންނާނީ ތިބާ ރުހޭނެ ސިފަތަކެއް ނޫނެވެ. ދިމާ އިދިކޮޅު ސިފަތައްވެސް ހުންނާނެއެވެ.  

ވީމާ ފުރަތަމަ ކަމަކަށްވެސް ކުރަން އޮތްކަމަކީ ލޯތްބާއި އޯގާތެރިކަން ކުރިއަށް ނެރުމެވެ. އަނެކާއަށް އަނިޔާއަކަށްވެދާނެ އެއްވެސް ކަމެއް ނުކުރުމެވެ. ހިނިތުންވުމާއިއެކު ކުރިމަތިލުމާއި ހެޔޮބަސްތަކުން މުޚާޠަބް ކުރުމެވެ.  

މިސިފަތަކަށް ރިވެތި އަކްލާޤީ ސިފަތަކެވެ ވެސް ކިޔާނެއެވެ. ކޮންމެއަކަސް މިސިފަތައް އެމީހެއްގެ ކިބައިގައި ނެތްނަމަ އެމީހަކަށް ބައިވެރިޔާގެވެސް، ޢާއިލާގެ މީހުންގެވެސް އަދި އަދި އެކުވެރިންނާއި އެހެން މީހެއްގެ ލޯބިވެސް ނުލިބޭނެއެވެ.  

ކައިވެނިކުރުމަށްފަހު ބައިވެރިޔާގެ ލޯބި ނުލިބޭނަމަ ތިމާގެ ކިބައިގައި މިސިފަތައް ހުރި މިންވަރަށާއި މިސިފަތަކަށް ޢަމަލުކުރެވޭ މިންވަރަށް ބަލާށެވެ! ސިފަތައް އިޞްލާޙްކުރާށެވެ. އެއިރުން އެމީހަކަށް އަނެކާގެ ލޯބިވުން ލިބެންފަށާނެއެވެ. އިން ޝާ ﷲ

 

- ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން

މިއަދު އޮންލައިން