ދުޢާކުރުމުގެ ތެރޭގަ ނުވަތަ ދުޢާކުރުމަށްފަހު މިއިން ޢަލާމާތެއް ފެނިއްޖެ ނަމަ ޝުކުރުވެރިވެ އުފާކުރަންވާނެ! އެއީ ދުޢާ ޢިޖާބަކުރައްވަވައިފި ކަމުގެ ޢަލާމާތެއް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ދުޢާކުރުމުގެ ތެރޭގަ ނުވަތަ ދުޢާކުރުމަށްފަހު މިއިން ޢަލާމާތެއް ފެނިއްޖެ ނަމަ ޝުކުރުވެރިވެ އުފާކުރަންވާނެ! އެއީ ދުޢާ ޢިޖާބަކުރައްވަވައިފި ކަމުގެ ޢަލާމާތެއް!: ބިލާލް އައްސަދު

ތިމާ ކުރި ދުޢާ ޢިޖާބަކުރައްވަވައިފިކަން އެނގޭނެ ގޮތަކާއިބެހޭ ގޮތުން ސުވާލުކުރާތީ ކުރިންވެސް ވާނީ ބައެއް ކަންކަން ބުނެދީފައެވެ. މިރޭވެސް ބައެއް ކަންކަން ބުނެދޭނަމެވެ. މިކަންކަމަކީ ކުރި ދުޢާ ޢިޖާބަ ކުރައްވަވައިފިކަމަށް އުންމީދުކުރެވިދާނެ ބައެއް ޢަލާމާތްތައް ކަމަށް ޢިލްމްވެރިން ވިދާޅުވެއެވެ. 

- ދުޢާކުރަނިކޮށް ރޮވި ކަރުނަ އެޅުން

- ރަނގަޅު ގޮތެއް މެދުވެރިވާން އުޅޭކަމުގެ ހިތްހަމަޖެހުން އިޙްޞާޞްވުން

- ހަށިގަނޑަށް އަރާމެއް ލިބިއްޖެކަން އިޙްޞާޞްކުރެވުން

- ކޮނޑުގަ އޮތް ބުރަދަނެއް ވީއްލި ހަށިގަނޑަށް ލުއިކަން ލިބިއްޖެކަން އިޙްޞާޞްކުރެވުން

- ތިމާގެ އީމާންކަން ވަރުގަދަވަމުން އައުން 

ވީމާ މިޢަލާމާތްތައް ނުވަތަ މިއިން އެންމެ ޢަލާމާތެއް ފެނުނަސް އޮތީ އުފާކުރުމެވެ. ޝުކުރުވެރިވެ ވީހާ ގިނަ ހެޔޮ ޢަމަލުތައް ކުރަން މަސައްކަތްކުރާށެވެ!

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން